ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ގެއްލުނު ފައިސާ ހޯދަން އޭސީސީން މަސައްކަތެއް ނުކުރޭ، އަޅުގަނޑު ކުރި ކަމެއް ކުރީ ހެޔޮނިޔަތުގައި: ރައީސް ޔާމީން

ފޮޓޯ: ރައީސް ޔާމީންގެ ޝަރީއަތް / --- ރައީސް ޔާމީންގެ ޝަރީއަތް: ނިޔަތް ސާފު، ވިދާޅުވީ ފައިސާ ފޮރުވާފައި ނުވާނެ ކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްގެ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު ފޮރުވައި އޭގެ އަސްލު އޮޅުވާލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކައުންޓުގައިހުރި ޑޮލަރުގެ ކަންކަމުގައި ތެދުނިޔަތް ދައްކަވައިދެއްވާފައިވާނެ ކަމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ފަސް ވަނަ އަޑުއެހުން ބާއްވާފައި ވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ށގެ ދަށުންނެވެ.

އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ހގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކަށެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއް ބޭންކެއްގެ އެކައުންޓަކަށް ފައިސާ ޖަމާ ކުރުމަކީ އޭގެ އަސްލު އޮޅުވާލުންކަމަށް އެއްވެސް ސިފައެއްގައި ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.

އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ދައުލަތަށް ސާބިތުކޮށްދެވިފައި ނުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާ ރައީސް ޔަމީން ވިދާޅުވީ އެސްއޯއެފްއިން އެމަނިިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާވި އިރު، އެސްއޯއެފްގެ އެކައުންޓުގައި 800،000 ޑޮލަރު ހުރުމުން، އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެތަނުން ކޮން ފައިސާއެއްކަން ދައުލަތަށް ބުނެނުދެވޭ ކަމަށެވެ. އެހެން ކަމުން ދައުލަށް އެއީ ކޮން ފައިސާއެއްކަން ސާބިތުކޮށް ނުދެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.

ޝަރީއަތުގައި ދައުލަތުން ފާހަގަކުރި ގިނަ ކަންތަކާއި މެދު ސުވާލު އުފައްދަވާ ރައީސް ޔާމިން ވިދާޅުވީ، ބައިނަލްއަޣްވާމީ ގޮތުންވެސް، އަދި ގާނޫނީ ގޮތުން މަނީ ލޯންޑާ ކުރުމުގެ މާނައަށް ބަލާނަމަ އަސްލު އޮޅޭފަދަ އެއްވެސް ކަމެއްކޮށްފައި ނުވާކަމަށެވެ. އެމްއައިބީގެ އެކައުންޓުގައި އަދިވެސް ފައިސާ ހުރިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެކައުންޓަށް ވަން ފައިސާ ފެންނާން ހުރުމުންވެސް ފައިސާ ފޮރުވުމަށް ނުވަތަ އޮޅުވާލުމަށް މަސައްކަތްކޮށްފައި ނުވާކަން ދޭހަވާކަމަށެވެ.

“އެ އެކައުންޓަށް ވަން ފައިސާ، އަދިވެސް އެހެރީ، އަޅުގަނޑުގެ އެކައުންޓުގައި އެމްއައިބީގައި ހަމަ ކުރީގައިވެސް ފައިސާ ވަތް ބޭންކުގައި. އެހެންވީމާ ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް” ރައީސް ޔާމީން ވިދާޅުވިއެވެ.

އެސްއޯއެފްއާއި އެމްއެމްޕީއާރްސީއާ ދެމެދު ކުރި ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކަކީ ޣައިރު ގާނޫނީ މުއާމަލާތްތަކެއްކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާފައި ނުވާ ކަމަށާއި އެ ދެ ކުންފުނީގެ ހުރިހާ މުއާމަލާތްތަކަކީ ޣައިރު ގާނޫނީ މުއާމަލާތްތަކެއް ކަމަށް ވާނަަމަ ކަމާ ބެހޭ ފަރާތްތަކުން އެ ދެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރަން ޖެހޭނެކަން ރައީސް ޔާމީން ތަކުރާރު ކުރެއްވިއެވެ.

އެމަނިކުފާން  ވިދާޅުވީ އެކްސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓައިދިނުމަށް އިސްެވެ އެދިވަޑައިގެންފައިވަނީ އެމަނިކުފާނު ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް އޭސީސީން އެޅި ފިޔަވަޅެއް ނޫން ކަމަށާއި އެވާހަކަ ދައުރު ހަމަވެފައިވާ އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދާއި، އެ ކޮމިޝަންގެ ކުރީގެ ރައީސް ލުތްފީގެ ބަޔާނުން އެނގެން އެބައޮތްކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ އެ އެކައުންޓްގައި ބަހައްޓަން އެމަނިކުފާނު ނިންމެވީ ވެސް ހެޔޮ ނިޔަތުގައި ކަމަށެވެ. އެކަމަކީ އޭސީސީއިން ކުރި ކަމެއް ނޫން ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާއެއް ހޯދަން އޭސީސީއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިވިލް ކޯޓުން އެސްއޯއެފްއާއި އެމްއެމްޕީއާރުސީއާއި ދެމެދު ސައްހަ މުއާމަލާތްތައް ހިނގާފައިވާކަމަށް ކަނޑައަޅާފައިވާ ހުކުމް ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ ހުކުމްގައި ވާ ގޮތުންވެސް، އެ ދެ ކުންފުނީގެ މުއާމަލާތްތަކުގައި ސައްހަ ނޫން މުއާމަލާތްތަކެއް އުޅޭކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ވޮޑުމުލާގެ ފައިސާ އެމަނިކުފާނަށް ލިބެންޖެހޭ ސަބަބެއް އަދީބާއި ޒިޔާތު ގެނެސް ހެކި ބަސް ނަގައިގެން ވެސް ބުނެދެވިފައިނެތް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްގެ އެކައުންޓުން ޖަމާކުރި އެއް މިލިއަން ޑޮލަރު ފޮރުވައި އޭގެ އަސްލު އޮޅުވާލަން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކައުންޓުގައިހުރި ޑޮލަރުގެ ކަންކަމުގައި ތެދުނިޔަތް ދައްކަވައިދެއްވާފައިވާނެ ކަމަށް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

“އެއީކީ އޭސީސީއިން އެއްގޮތަކަށްވެސް އެޅި ފިޔަވަޅެއް ނޫން. މި ފައިސާ ހޯދަން ދައުލަތުން ގެއްލިގެން އުޅޭ ފައިސާއެއް ހޯދަން އޭސީސީއިން ކުރި މަސައްކަތެއް ނޯންނާނެ މިހާތަނަކަށް. މިތަނުގައި ހެކި އަދާ ކުރައްވަމުން މުއައްވިޒުވެސް ވަނީ އެހެން ވިދާޅުވެފައި އަދި ލުތުފީގެ ބަޔާނުގައިވެސް އެ ވާހަކަ ދައްކާފައިވޭ” ރައީސް ޔާމީން ވިދާޅުވިއެވެ.

އެސްއޯއެފްއިން ޖަމާކުރި ފައިސާ ފޮރުވައި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ނުކުރައްވާކަމަށް ތަކުރާރު ކުރައްވައި ރައީސް ޔާމީން ވަނީ ބައި ގަޑިއެއް ހާއިރު ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެސްކްރޯ އެކައުންޓް ހެދުމުގެ ކުރިން ސިޓީއަކުން އޭސީސީއިން ވަނީ އެ ފައިސާތަކުގައި އަތް ނުލައި އެ ހުރި ގޮތަށް ބެހެއްޓުމަށް އެމަނިކުފާނަށް އަންގާފަ ކަމަށެވެ.

ދައުލަތުން ބޭނުންވަނީ އެއް މިލިއަން ޑޮލަރުނަމަ މިހާރުވެސް އެއް މިލިއަން ޑޮލަރު އެކައުންޓުން ނެގޭނެ ކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން އެގޮތަށް އަމަލުކޮށްފާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި މިއީ މިއަދުގެ ސަރުކާރުން ބޭނުންވެގެން އެމަނިކުފާނުގެ މައްޗަށްކޮށްފައިވާ ތުހުމަތެއްކަަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލް އާދަމް އާސިފް ވިދާޅުވި ގޮތުގައި މި ދައުވާއަކީ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެކެވެ. މުޅި ހާދިސާގައި ވެސް ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވެސް ސާބިތުވާ ކަމަށް ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން ތާވަލުކުރީ އަންނަ މަހުގެ ދިހަވަނަ ދުވަހަށެވެ. އެއަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުން ދިހަ ދުވަހުގެ ތެރޭގައި ތާވަލުކުރަން ޖެހޭނެ އެވެ. މި ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: