ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފަށައިފި

ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފަށައިފި. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއިން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ދަނީ ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ސަންގަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ދުވާލެއްގެ މައްޗަށް 150 ކާޑު ދޫކުރަމުންދާ ކަމަށެވެ. އޭގެތެރެއިން 100 ކާޑަކީ ޑޮކިއުމަންޓް އޮތް ބިދޭސީންނަށް ދޫކުރާ ނަންބަރުކަމަށާއި އަދި އަނެއް ފަންސާސް ކާޑަކީ ޑޮކިއުމަންޓް ނެތި އުޅޭ ބިދޭސީންނަށް ދޫކުރާ ނަންބަރު ކަމަށެވެ.

“ކޮންމެ ދުވަހަކުވެސް 100 ކާޑު އެބަ ދޫކުރަން. އޭގެ ތެރެއިން 100 ކާޑު މި ދޫކުރަނީ ޑޮކިއުމަންޓާއެކު އަންނަ މީހުންނަށް. އަނެއް 50 މި ދޫކުރަނީ ޑޮކިއުމަންޓް ނެތް ފަރާތްތަށް ބެލުމަށް ފަހު އެމީހުންނަށް. ކޮންމެ ދުވަހަކުވެސް ވަރަށް އަވަހަށް ހުސްވޭ.” މިނިސްޓްރީގެ އޮފިޝަލަކު  ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން 6 މަސް ދުވަސް ވަންދެން ބިދޭސީ ފަރާތްތަކަށް ވަޒީފާ ހޯދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭ ކާރޑު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ސަންގަށް މައުލޫމާތު ދިން ގިނަ ބިދޭސީންގެ ވާހަކައިން އެނގޭ ގޮތުގައި އެމީހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަން  މަޖުބޫރުވަނީ އެމީހުން ގެންނަ ކުންފުނިން ކަންތައްތައް ކުރާގޮތުންނެވެ.

“ގިނަ މީހުން މަސައްކަތް ކުރާ ކޮމްޕެނީތަކުން މުސާރަ ނުދޭ. ބައިވަރު ލާރި ހަރަދުކޮށްފަ އަންނަނީ. ރަށަށް ލާރި ފޮނުވާނެ ގޮތެއް ނޯވޭ. ދެން ފިލައިގެން އުޅެނީ. އަމިއްލަ މަސައްކަތް ކުރަނީ” ބިދޭސީއަކު ބުންޏެވެ.

ސަންގަށް މައުލޫމާތު ދިން އިތުރު ބިދޭސީއަކު ބުނިގޮތުގައި އޭނާގެ މުސާރައިން ކޮންމެ މަހަކުވެސް ވިސާ ފީ ދައްކަން އެޖެންސީއިން ލާރި ކަނޑާ ކަމަށެވެ. ނަމަވެސް އެޖެންސީއިން މަހުން މަހަށް ވިސާ ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

“އެޖެންސީއަށް ލާރި ހަވާލުކުރިއަސް އެމީހުން ވިސާ ލާރި މަހުން މަހަށް ނުދައްކާ. އެކަހަލަ މައްސަލަ ޖެހިގެން ވޯކް ޕާމިޓް ކާޑު އެއްޗެހި ގެއްލިއްޖެ. ފިލައިގެން އުޅޭ މީހެންހެން އަހަރެން މިހާރު އުޅެން މިޖެހެނީ.” އޭނާ ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު އެމީހުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވާލެވޭނެ ކަމަށާއި އަދި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: