ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ.މާމެންދޫ ބޭރުތޮށި ހެދުމަށް 31 މިލިއަން ރުފިޔާ!

ގއ.މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަންއާއި ހަވާލުކުރުން. ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ.މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ކުރުމަށް މިއަދު ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީ ޒީނިއާ އަހުމަދު ހަމީދުއެވެ. ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަހުމަދުއެވެ.

މި މަޝްރޫއަށް 31,141,293.26 ރުފިޔާ (އެއްތިރީސް މިލިޔަން އެއްލައްކަ ސާޅީސް އެއް ހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ސައްބީސް ލާރި) ހަރަދުވާނެއެވެ. އަދި މަސައްކަތް ފަށާތާ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

ގއ.މާމެންދޫ ބޭރުތޮށި ހެދުމުގެ މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވާ މައިގަނޑޫ މަސައްކަތްތަުގެ ތެރޭގައި:

– 75 މީޓަރު ނެރުފައިކަށި ޖެހުން

– 600 މީޓަރު ރިވެޓްމަންޓް ޖެހުން

– 02 ނެރުބައްތި ހަރުކުރުން 

– 06 އެކްސެސް ޖެޓީ (ބޭރު ތޮއްޓަށް ކުދި އުނޅަނދު ކައިރި ކުރުމަށް)

– 13 މޫރިންގ ބްލޮކްސް

– 1992 އަކަމީޓަރުގެ ޕޭވްމަންޓް

– 32 ބައްތި ހަރުކުރުން

– ބަނދަރު ފުންކުރުން 12،969 ކިއުބިކް މީޓަރ

– ނެރު ފުންކުރުން 30،240 ކިއުބިކް މީޓަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: