ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ތަގުރީރުކުރެއްވިއިރު އަނބިކަނބަލުން ފަޒުނާ ހުރީ ކޮންތާކު!؟

ރައީސް ސޯލިހު އދ. ގައި ތަގުރީރުކުރައްވަނީ، ހަމަ އެވަގުތު ރައީސްގެ އަނބިކަނަބލުން ފަޒުނާ އަހުމަދު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ އެހީ ތަރުތީބުކުރައްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ގަޑިން ރޭގަނޑު 9 ޖެހީއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރުކުރައްވަން ވަޑައިގަތީއެވެ. ހަމަ ގައިމުވެސް މުޅި ރާއްޖޭގެ ލޮލާއި ކަންފަތް ދެވިފައިވަނީ ރައީސް ސޯލިހު ދައްކަވާނެ ވާޙަކައަކަށެވެ. ރައީސް ސޯލިހު ސްޕީޗު ދެއްވާއިރު ހުންނަވާނެ ގޮތުގެ މައްޗަށެވެ. ކޮންފިޑެންސް ލެވެލް ހުރީ ކިހާ ހިސާބެއްގައިތޯއެވެ. އެތައް ރައްޔިތުން މިކަންކަމަށް އިންތިޒާރުކުރަމުންދިޔައިރު، ހަމަ ޔަގީނުންވެސް ރައީސް ސޯލިހާއިމެދު އެންމެ ބޮޑު އުއްމީދެއް ކުރައްވާނީ އެމަނިކްފާނުގެ އަނބިކަނބަލުން، ރާއްޖޭގެ ފަސްޓްލޭޑީ ފަޒުނާ އަހުމަދު އެވެ.

ނަމަވެސް ކަން ހިނގީ މިދެންނެވި މަގަކުން ނޫނެވެ. ރައީސް ސޯލިހު އދ. ގައި ތަގްރީރު ކުރެއްވި ވަގުތު އަނބިކަނބަލުން ފަޒުނާ އަހުމަދު އިސްކުރެއްވީ އިންސާނިއްޔަތުކަމެވެ. އެކަމަނާ ހުންނެވީ މިދިޔަ ހުކުރު ދުވަހު މާލޭގެ ހެންވޭރުގައި ހިނގި ބޮޑު ހުޅުގައި ގެއްލުން ލިބުނު ފަރާތްތަކަށް ލިބުނު ގިނަ އެހީތައް ތަރުތީބުކޮށް އާއިލާތަކަށް ބެއްސެވުމުގެ އިންތިޒާމްކުރެއްވުމުގައި އަވަދިނެތި އުޅުއްވިތަނެވެ. މިކަމަށް ރައްޔިތުން ގެންދަނީ ފަސްޓްލޭޑީ ފަޒުނާ އަހްމަދަށް ތައުރީފް ކުރައްވަމުންނެވެ. މިކަމުން ފެނިގެންދަނީ ފަޒުނާ އަކީ ހިތްތިރި، އިންސާނިއްޔަތުކަން އިސްކުރައްވާ، ބޮޑާކަމެއްނެތް ރައްޔިތުންނާއެކު ހުންނަވާ ފަސްޓްލޭޑީއެއްކަމެވެ.

ފަސްޓްލޭޑީ ފަޒުނާ އަހްމަދުގެ ފޭސްބުކް ޕޯސްޓް

ރާއްޖެވެސް ތަފާތު ފަސްޓްލޭޑީން ދެކިއްޖެއެވެ. މެޑަމް ނަސްރީނާ އިބްރާހިމާއި، މެޑަމް ލައިލާ އަލީއާއި، މެޑަމް އިލްހާމް ހުސައިނާއި، މެޑަމް ފާތުމަތު އިބްރާހިމެވެ. އެއަށްފަހު މިއަދު ފަޒުނާ އަހުމަދު އެވެ. މިއިން ކޮންމެ ކަނބަލެއްގެ ފަރާތުންވެސް ގައުމާއި ރައްޔިތުންނަށް މުހިއްމު އަދި ނަމޫނާ މަސައްކަތެއް ވަނީ ފެނިފައެވެ. ފިރިކަލުން ގައުމުގެ ހައްގުގައި ތަގުރީރު ކުރައްވަނީއެވެ، ހަމަ އެވަގުތު ފަސްޓްލޭޑީ އެހީ މެނޭޖްކުރެއްވުން، އެކަން އެއީ އަޅުގަނޑު ހިތުން “ކަޕްލް ގޯލް” އެކެވެ. ނަމަވެސް ރަހްމަތްތެރިންނާއެކު އެމަސައްކަތް ކުރެއްވުން ފަސްޓްލޭޑީ ފަޒުނާ އަހުމަދަށް ވީ “ފްރެންޑްސްގޯލްސް” އަށެވެ.

ކޮންމެއަކަސް ރައީސްގެ ތަގުރީރަށްވެސް، ފަސްޓްލޭޑީ ފަޒުނާ އަހުމަދުގެ މަސައްކަތަށްވެސް ރައްޔިތުން ތިބީ ގަޔާވެ ހިތްހަމަޖެހިގެންނެވެ. މަރުހަބާ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: