ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޑިބޭސްތަކަކާއި އެކު ހިލާލީގެ ކައިރިން މީހަކު ހައްޔަރުކޮށްފި!

ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަމުން ގެންދަވާ ހިލާލީގެ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހިނގި ބޮޑު ހުޅުގެ  ހާދިސާއަކީ ޓެރެރިސްޓް ހަމަލާއެއް ކަމަށް ހެންވޭރު އުތުރު  ދާއިރާގެ މެމްބަރު އިބްރާހިމް މުއީޒް ތުހުމަތު ކޮށްފައި ވަނިކޮށް ބަޑިބޭސްތަކަކާއި އެކު ހިލާލީގެ ކައިރިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 3:50 ހާއިރު ފަރީދީގޯޅި ހިލާލީގެ ކައިރީގައި ހުރި އުމުރުން 37 އަހަރުގެ ފިރިހެނެއް އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވާ ބަލައި ފާސްކުރިއިރު ބަޑިބޭސް ކަމަށް ޝައްކު ކުރެޗޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ވެސް ބަޑި ބޭސް ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ހެންވާރުގެ ބޮޑު ހުޅާ ބެހޭ އެމްޕީ މުއީޒް ވަނީ އެކަމާއި ޓެރަރިޒަމްއާއި ގުޅުވާފައެވެ. ނަމަވެސް  މުއީޒް ކުރެއްވި ޓުވިޓާ ގުޅިގެން ޗީފް އިންސްފެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައި ވަނީ ހ.ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނަކުން ބާރުގަދަ ގޮވުމެއް ގޮވާ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ނުބެލެވޭކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: