ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލިޓަރީ އިންޖީނިއަރުން 24 ގަޑިއިރު ރޯވި އިމާރާތެއް ރޫޅުމުގައި!

ސިފައިން އެ އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަނީ... ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހުގެ ރޭ ހ.ތިލފުށީގޭގައި ހުންނަ ކެމިކަލް ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަރިއަޅާލާފައިވާ ޓިނާއި ހޮޅި ބޭނުންކޮށްގެން ހަދާފައިވާ އިމާރާތެއް ރޫޅާލުމުގެ މަސައްކަތުގައި ސިފައިން 24 ގަޑިއިރު ހުއްޓުމެއްނެތި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާގައި މީހުން ދިރިއުޅޭ 6 އިމާރާތަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ.

މި ހާދިސާއަށް ފަހު އެ ސަރަހައްދު އާންމުންނަށް ނުވަދެވޭނެ ގޮތަށް ބަންދު ކުރި ނަމަވެސް، ރޯވި ސަރައްދުން ކަޅުހުރާ މަގާއި އަބަދަށްފެހި މަގުގެ ބައެއް ފިޔަވައި އެހެން މަގުތައް ވަނީ ގެތަކުގެ ވެރި ފަރާތަށާއި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަދެވޭ ގޮތަށް ހުޅުވާލާފައެވެ.

މީގެ އިތުރުން މީހުން ހުސްކުރި ބައެއް ގެތަކަށް އަލުން ބަދަލުވާން ވެސް މިހާރު ވަނީ އަންގާފައެވެ.

އެ އިމާރާތް ރޫޅާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށްޓާފައިވަނީ، ހޯމަ ދުވަހުގެ ހެނދުނުގެ ވަގުުތެއްގައެވެ.

މި ނުރައްކާތެރި ހާދިސާގައި 500 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު އަންހެނަކު ވަނީ ނިޔާވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި މަގަނޑު ސަބަބަކީ ހ.ތިލަފުށި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި މުޅި ސަރަހައްދަށް ފެތުރިގެން ދިޔުމުގެ ސަބަބުންނެވެ.

އަލިފާންގަނޑު ކިރިޔާވެސް ކޮންޓްރޯލް ކުރެވުނީ ފަޔަރ އެންޑް ރެސްކިއުގެ ފޯމް ޓްރަކް އެއަރޕޯޓުން އެ ސަރަހަދަށް ގެންގޮސް ފޯމް ޖަހަން ފެށި ހިސާބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: