ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުދަނުގައި ހުރި ކެމިކަލްއަކީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވާ ކެމިކަލްއެއްތޯ ބަލަނީ!

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު މުހައްމަދު--- ގުދަނުގައި ހުރި ކެމިކަލްއާއި، އެއީ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައި ވާ ކެމިކަލްއެއްތޯ ބަލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނަކުން ބާރުގަދަ ގޮވުމެއް ގޮވާ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ގުދަންތަކުގައި ހުރި ސާމާނާއި، ގުދަންތަކުގައިރައްކާ ކުރުމުގެ ހުއްދަ ދީފައިވަނީ ކޮންކޮން އެއްޗިއްސަކަށްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ހިނގި އެ އަލިފާނުގެ ހާދިސާގައި ހަތް ގެއަކަށް އޭގެ އަސަރުކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ. އެ ހާދިސާއާއި ގުޅިގެން 500 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން އަންނަނީ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ރޭގެ 7:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވިފައިވަނީ ދަންވަރު 1:00 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. މާލޭގައި، ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި ފާހަގަކުރެވުނު ހެންވޭރު ބޮޑު ހުޅުގެ ތަހުގީގު ކަމާއި ބެހޭ މުވައްސަސާތަކުން ވަނީ ފަށާފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ނޫސްވެރިންނާއި ހިއްސާ ކުރައްވަމުން ނަވީން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ފަހަރަކު ސައިޓެއް ބަލާ ފާސްކުރަމުން ދާކަމަށެވެ. ފޮރެންސިކަށް ބޭނުންވާ ސާމްޕަލްތައް ނެގުމުގެ ކުރިން އިމާރާތުގެ ހާލަތު ދެެނެގަނެވި އެތަނުގެ ތެރެއަށް އޮފިސަރުން ވަދެފައިވާނެކަންވެސް ނަވީން ފާހަގަކުރައްވާފައެވެ. އަނދައިގެން ދިޔަ ގެތަކަށް ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، އެ ހުރިހާ އެޕާޓްމެންޓުތަކަކަށްވެސް ވަދެ ބަލާ ސާމްޕަލް ނަގަމުންދާނެކަމަށް ނަވީން ވިދާޅުވިއެވެ.

ގުދަނުގައި ބާރުގަދަ ގޮވުމެއް ގޮވާ، ކުރުމަތީ ހުރި އިމާރާތާާއި އެކު ސައިކަލުތަކެގައި އަލިފާން ހިފާ މަންޒަރު ފެންނަ ސީސީޓީވީ ފޮޓޭޖްއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަގޮތުން، ގޮވުމުގެ އަޑާއި އެކު ސައިކަލުތަކުގައި އަލިފާން ރޯވެ އޭގެ ޕެޓްރޯލް ޓޭންކުވެސް ގޮވައެވެ. ފުލުހުން ކުރިޔަށް ގެންދިޔަ، ފޮރެންސިލް ތަހުލީލުތަކުގެ ތެރެއިން އެ ސަރަހައްދުން 21 ސައިކަލާއި، 1 ޕިކަޕު ވަނީ ފެނިފައެވެ. އަދި ވެހިކަލްތަކުގެ ވެރިފަރާތްތައް ވެރިފައި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަމަށް ބޭނުންވާ ޕޮލިސް ރިޕޯޓު ހެދުމުގެ މަަސައްކަތާއި އަދި އިންޝުއަރެންސް ސްކީމް އޮރް ފަރާތްތައް ވެސް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ މުއައްސަސާތަކުން، ގެއްލުވި ގެތަކުގައި ދިިރިއުޅޭ އާއިލާތަކާއި ބައްދަލުކޮށް ހާލަތު ދާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޑިޒާސްޓާ މެނޭޖްމެންޓުންވެސް ވަނީ އެ އާއިލާތައް ބެލެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހުގެ ރޭގެ ބޮޑު އަލިފާނުގެ ހާދިސާގައި، ކެމިކަލް ގުދަން ގޮވުމާއި ގުޅިގެން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކުން ކެމިކަލް ގުދަންތައް ހުސްކުރުމަށް ގަވައިދެއް އެކުލަވާލައި ސަރުކާރުން ވަނީ އެ ގަވައިދު ގެޒެޓުގައި ޝާއިއުކޮށްފައެެވެ.

އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މުޅި އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފާއި ފުލުހުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: