ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑު ހުޅު: ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުބެލެވޭ !

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު މުހައްމަދު --- އަލިފާނުގެ ހާދިސާއަކީ ނިބުރުވެރި ހަމަލާއެއްކަމަށް ނުބެލެވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނަކުން ބާރުގަދަ ގޮވުމެއް ގޮވާ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ނުބެލެވޭކަމަށް ޗީފް އިންސްފެކްޓާ އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ، ހިނގި އެ އަލިފާނުގެ ހާދިސާގައި ހަތް ގެއަކަށް އޭގެ އަސަރުކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ. އެ ހާދިސާއާއި ގުޅިގެން 500 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން އަންނަނީ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ރޭގެ 7:30 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު އެކީ ކޮންޓްރޯލް ކުރެވިފައިވަނީ ދަންވަރު 1:00 ޖެހުމާއި ގާތްވެފައި ވަނިކޮށެވެ. މާލޭގައި، ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގެ ގޮތުގައި ފާހަގަކުރެވުނު ހެންވޭރު ބޮޑު ހުޅުގެ ތަހުގީގު ކަމާއި ބެހޭ މުވައްސަސާތަކުން ވަނީ ފަށާފައެވެ.

ތަހުގީގުތައް ކުރިޔަށް ދިޔަ ދަނޑިވަޅަކާއި ދިމާކޮށް، އެ ހާދިސާއަކީ ނިބުރުވެރި ހަމަލާއެއްެގެ ގޮތުގައި ސިފަކޮށް ޓްވީޓުކޮށް، އަދި ފޭސްބުކްގައި ވެސް ލިޔުއްވީ ރައްޔިތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިމިގެންދިޔައިރުވެސް މަޖިލީހުގައި ވާހަކަ ދައްކަވާފައި ނުވާ މެމްބަރަކު އެފަދަ ޕޯސްޓެއް ކުރެއްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕޯސްޓާއި ގުޅިގެން ނޫސްވެރިންވެސް ތަފާތު އެކި ފަހަރުމަތީން އޭނާއަށް ގުޅާ މެސެޖު ކުރުމުންވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި އާއްމުން އޭނާއި ކުރިމަތި ކުރުވަމުންދާ ސުވާލުތަކަށްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ކަމާއި ބެހޭ މުވައްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފާއި، ފުލުހުން، އަދި ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި ޝިފާއު ވިދާޅުވީ ތަހުގީގު ކުރިޔަށްދަނީ ހުރިހާ “ޕޮސިބަލް އޭންގަލް” ތަކަކަށް ބަލައިގެން ކަމަށެވެ. މިހާތަނަށް ތަހުގީގު ކުރިޔަށް ދިޔަ ހިސާބުންވެސް އެއީ ތެރަރިޒަމްގެ އަަމަލެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް ނެތްކަމަށް ޝިފާއު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ތަހުގީގު މި ގެންދަނީ ހުރިހާ ޕޮސިބިލިޓީއެއް ބަލައިގެން، ހުރިހާ އެންގެލް އަކުން ބަލައިގެން، އެކަމުގެ ޔަގީންކަން ދެން. އަލިފާނުގެ ހާދިސާ ހިނގީ އެކްސިޑެންޓަލީ ދިމާވި ކަމަކުންތޯ، ގަސްތުގައި މީހަކު ރޯކޮށްލައިގެންތޯ، މިހުރިހާ އެންގަލް އަކުން ބަލަމުން ގެންދާނަން. ނަމަވެސް، އަޅުގަނޑުމެންގެ ތަހުގީގުތައް ކުރިޔަށް ދިޔަ ހިސާބުން އަލިފާނުގެ ޙާދިސާއަކީ [ޓެރެރިޒަމްގެ އަމަލެއް ކަމަށް] އެއްވެސް ކަންތައްކަތެއް މިވަގުތާ ހަމައަށް ފާހަގަ ކުރެވިފައި ނެތް” ޝިފާއު ވިދާޅުވިއެވެ.

އަލިފާން ރޯވުމަށް މެދުވެރިވީ ސަބަބުތައް ދެނެގަތުމަށް، ފޮރެންސިކް ޓީމު ހަރަކާތްތެރިވަމުން އަންނަަކަން ފާހަގަކުރައްވާ ޝިފާއު ވިދާޅުވީ އިމާރާތްތަކުގެ ކޮންމެ ފްލޯއެއްވެސް ބަލާ ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، އަލިފާން ގަޏޑު ފެތުރިގެން ދިޔަ ގޮތުގެ އެސެސްމެންޓު ހެދުމަށް އެ ސަރަހައްދުގައި ހުރި ސީސީޓީވީތައް ހޯދާ އެ އެނަލައިޒް ކުރަމުން އަންނަކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އަލިފާންގަނޑު ނިއްވާލުމާއެކު، ފޮރެންސިކުން މަސައްކަތް ފެށި ކަމަށާއި، ބައެއް މަސައްކަތް ފަށާފައިވަނީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ. އެންމެ ގަދަޔަށް އަލިފާން ރޯވި ހިސާބުތަކުގައި މަސައްކަތް އެއްދުވަސް ފަހުން ފެށުނީ އެ ސަބަބާހުރެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެމްބަރު މުއިޒްގެ ޓްވީޓާއި ގުޅިގެން، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ޝިފާއު ވިދާޅުވީ ޙާދިސާގެ މައުލޫމާތުތައް އެކި ގޮތްގޮތުން އޮޅުން އަރާގޮތަށް ސޯޝަލް މީޑިއާއި ނުދެއްކުމަށް އެދޭކަމަށެވެ. ހާދިސާގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންނާއި އެމްއެންޑީއެފާއި ހިއްސާކުރުމަށް ޝިފާއި ވަނީ އިލްތިމާސްކުރައްވާފައެވެ.

“އެހެން ނޫން ކަމުގައި ވާނަމަ އެކަމުގެ އެންމެ ރަނގަޅު މައުލޫމަތެއް ނެތި ރައްޔިތުންގެ މެދުގައި އޭގެ ބިރުވެރިކަން އުފެދޭ ކަހަލަ ކަންތައްތަކެއް ދިމާވެ ދާނެ،” ޝިފާއު ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 500 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: