ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑު ހުޅުން ގެއްލުންވި އާއިލާތުގެ ކިޔަވާ ކުދިންނަށް އެޑިއުކޭޝަނުން އެހީ ދެނީ

މާލޭގައި ހިނގި ބޮޑު ހުޅޫ ހާދިސާ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިން މާދަމާ ސްކޫލަށް ދިއުމުގެ ކުރިން ބޭނުންވާ ސާމާނުތައް އެޑިއުކޭޝަން މިނިސްޓްރީން ފޯރު ކޮށްދޭން ފަށައިފި.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އާއިލާތަކުގައި ތިބި ކިޔަވާ ކުދިންނަށް ބޭނުންވާ ޔުނީފޯމް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހަވީރު 5:00އިން ރޭގަނޑު 9:00އާ ދެމެދު ލިބެމުންދާނެ ކަމަށެވެ. އަދި ކިޔަވާ ކުދިންނަށް ބޭނުންވާ ފޮތްތައް މާދަމާ ސްކޫލުތަކުން ފޯރު ކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެއެވެ. މިނިސްޓަރު ވިދާޅުވީ ގެއްލުން ލިބުނު އާއިލާތަކުގައި ތިބި ކިޔަވާ ކުދިންގެ ބެލެނެވެރިންނަށް އެ މިނިސްޓްރީން ގުޅަމުންދާ ކަމަށެވެ.

ރޭ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ހިނގާދިޔަ އަލިފާނުގެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (ޑީއެމްއޭ) އިން ވަނީ ބުނެފައެވެ.

ޑިޒާސްޓާއިން ބުނީ އެ ހުރިހާ ފަރާތްތަކަކަށް ވެސް އެހީތެރިވަމުން އަންނަ ކަމަށެވެ. ރޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލުގެ އިތުރުން އިމާދުއްދީން ސްކޫގައި ވަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ހާއްސަ މަރުކަޒެއް ގާއިމްކޮށްފައެވެ. 

ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޭ ހާލުގައި ޖެހިގެން 443 މީހުން ގެނެވުނު ކަމަށެވެ. އޭގެ ތެރެއިން 13 އާއިލާއެއްގެ 83 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ ވަގުތީ ކޭމްޕްގައި ބައެއް ބިދޭސީންވެސް ތިބި ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ބިދޭސީންނާއޮ ވެރިފަރާތުން ހަވާލުވެފައިވާއިރު 59 ބިދޭސީންއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: