ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާގެ ޖާނާޒާ ބާއްވައިފި

އެ ހާދިސާގައި ނިޔާވި ޝައުނާ: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނުގެ ހާދިސާގައި ނިޔާވި އާއިޝަތު ޝައުނާގެ ޖާނާޒާ ބާއްވައިފިއެވެ. 

ތ.ބުރުނީއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޝައުނާގެ ކަށު ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

ފުލުހުން ވަނީ ރޯވެފައިވާ އިމާރާތެއްގެ ތެރެެއިން މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ފެނިފައިވާ ކަން ޔަގީން ކޮށްދީފައެވެ. އެއީ ޝައުނާ ކަން ފުލުހުން ވަނީ ކަޝަވަރު ކޮށްދީފައެވެ. 

ރޭ އަލިފާން ރޯވެގެން އިތުރު ގެތަކެއްގައި ރޯވި ހާދިސާގައި ފުރަތަމަ ރޯވީ ހ.ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ.

އެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި އަލިފާން ރޯވިއެވެ. ޝައުނާ ގެއްލިގެން ރޭ ހޯދަމުންދިޔަ އިރު އޭނާ އެންމެ ފަހުން ގާތް މީހަކަށް ކުރި ފޯނު ކޯލެއްގައި އިމާރާތުގައި ތާށިވެފައި ހުރި ކަމާއި ސަލާމަތްކޮށްދިނުމަށް އެދިފައިވެއެވެ.

އޭނާ ހޯދުމަށް އެކި ފަހަރު މަތިން ސިފައިންގެ ރެސްކިއު ޓީމް އެ އިމާރާތަށް އަރާފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޝައުނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. ޝައުނާގެ ކަށު ނަމާދުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

https://www.facebook.com/SanguTelevision/videos/437219096907246/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: