ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ، ގިނަ ހިސާބުތަކަށް ޔެލޯއެލާޓް ނެރެފި

މާލޭގައި މަގުމަތީ ފެން ބޮޑުވެފައި..ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެއެވެ. މާލެއަށް ބޯކޮށް ވާރޭވެހެން ފެށީ ރޭ ދަންވަރުއެވެ. ހުއްޓާ ނުލާ ގިނައިރު ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި މިއަދު ހެނދުނު ފެންބޮޑުވިއެވެ.

މީގެއިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ، ބޯކޮށް ވާރޭވެހި ވަޔާއެކު ކަނޑޫ ގަދަވާނެތީ،  ޅ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. 

ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 އިން ފެށިގެން ދަނީ މާލެއަށް ބޯކޮށް ވާރޭ ވެހެމުންނެވެ.

ސިޓީ ކައުންސިލުން ވަނީ ފެނ ހިންދުމަށްޓަކައި ފެން ބޮޑުވެފައި ހުރި ސަރަހައްދުތަކުގައި ފެން ހިންދާ ޕަންމުތައްވެސް ބަހައްޓާފައިވާ ކަމަށް ބުނެފައެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. ދެކުނަށް ވާރޭ ވެހުނު ނަމަވެސް ދެ ދުވަސް ތެރޭ ދެކުނުގެ އަތޮޅުތަކަށް މޫސުން ކޮންމެވެސް ވަރަށްކަށް ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިިން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ފޮނުވާފައިވާ އެލާޓްގައި ބުނެފައިވަނީ ގެތަކަށް ފެން ވަންނަ ކަމަށް ރިޕޯޓް ކުރަމުން އަންނަ ކަމަށެވެ. ފެން ވަނީ ކިތައް ގެއަށް ކަމެއް އަދި އެ ގޭގެޔަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނުބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: