ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް

ފޮޓޯ: ރައީސް އޮފީސް / ވެބްސައިޓު --- އެމްއެމްޕީއާރުސީގެ ޚިޔާނާތް 3 ބިލިއަންގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރަށް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ސީދާ އަދަދު އަދިވެސް ވަނީ ހޯދޭގޮތް ނުވެފައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ދޮޅު އަހަރުވެސް ނުވަނީސް ފެންމަތިވެގެން އައި މައްސަލައެކެވެ.

އެގްރީމެންޓެއް ނެތި، އެތައް ބަޔަކަށް އެއް ރަށެއް ދޫކޮށްފައިވާއިރު އެ ފައިސާތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވެއެެވެ.

އޭގެ އިތުރުން ވެސް، ނަގުދު ފައިސާގެ ގޮތުގައި  ހިޔާނާތުގެ ފައިސާ ގެންގުޅެފައިވާކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގުތަކުން ވަނީ އެނގިފައެވެ.

މި މައްސަލަތައް ބަލާ ތަހުގީގު ކުރަން ފެށީވެސް ރައީސް ޔާމީންގެ ސަރުކާރުގައެވެ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން އެ އަމަލުގައި ޝާމިލްވެ ކަމާއި ބެހޭ އިދާރާތްތަކުން ހިޔާނާތް ފޮރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތާއި އެކު، ހިޔާނާތުގައި ފައިސާގެ ސީދާ އަދަދު ދެނެގަތުމުގެ މަސައްކަތް ހަވާލު ކުރީ ރައީސް ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންއާއި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމު ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، އޮޑިޓްތަކުން ފެންނަން އޮތް އަދަދުތަކަށް ވުރެންވެސް އެ ޚިޔާނާތުން ދައުލަތަށް ވި ގެއްލުން މާ ބޮޑު ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ހޯދި ހޯދުންތަކުން ފެންނަން އޮތީ ތިން ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

“އެސެޓް ރިކަވަރީ ކޮމިޓީއާ ބުދަ ދުވަހު އަޅުގަނޑާ ބައްދަލުކުރެވުނު. މިހާތަނަށް އައިއިރުގައި، ގިނަ މަސައްކަތްތަކެއް އެ ކޮމިޓީންވެސް ކުރައްވާފައި އެބަހުރި. ގާތްގަނޑަކަށް ފަސްދޮޅަހަށްވުރެ ގިނަ ރަށް އެކިގޮތްގޮތުން ނުއަގުގައި އެކި ފަރާތްތަކަށް ދޫކުރެވިފައި ހުރި ކަމަށް ރިޕޯޓުން މިހާތަނަށް ހާމަކުރެވިފައި އެބައޮތް” ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ އޮޑިޓް ރިޕޯޓުގައި، އޭރު ގެއްލުނު ކަމަށް ނިންމާފައި އޮތީ 91 މިލިއަން ޑޮލަރުކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުގައި އެ ރަށްތަކުގެ އިކްއިޒިޝަން ކޮސްޓް 220 މިލިއަން ޑޮލަރަށް އަރާކަމަށެވެ.

އެ އަދަދު އަންނަނީ ދޫކޮށްފައި ހުރި ފަޅުތައް ނުހިމަނައެވެ. އެގްރީމެންޓެއް ނެތި ބައެއް މީހުންނަށް ރަށްތަކެއް ދޫކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ސާލިހް ވިދާޅުވީ އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށެވެ. ރަށްތަކުގެ ހަމަ އަގަށް ވާނީ އެ ފައިސާ ދައުލަތަށް ލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލްވުމާ އެކު ރަށްތަކުގެ ހަމަ އަގު ހޯދަން ފަށާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއްބަސްވުން ބާތިލް ކުރަން ޖެހޭ ރަށެއް އޮތް ނަމަ ސަރުކާރުން އެކަން ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުގެ މަތީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް ދޫކޮށްފައިވާ ރަށެއްގެ އެއްބަސްވުން މީގެ ދެ ދުވަސް ކުރިން ބާތިލްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ދޫކޮށްފައި ހުރި ރަށްތަކުގެ ތެރޭގައި، 12 ރަށް މިހާރު އޮޕަރޭޓް ކުރޭ. މަސައްކަތް ކުރަމުންދާ 3 ރަށެއްގެ 50 ޕަސެންޓް މަސައްކަތް އެބަހުރި ކުރެވިފައި. އަދި 21 ޕަސެންޓާއި 49 ޕަސެންޓާ ދެމެދުގައި 3 ރަށެއްގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވަނީ”. ރައީސް ވިދާޅުވިއެވެ

އެމްއެމްޕީއާރުސީން ޓޫރިޒަމަށް ދޫކުރި ރަށްތަކުގެ ތެރެއިން މިހާރު އޮޕަރޭޓްކުރަމުން އަންނަނީ 12 ރަށެވެ. އިތުރު ހަ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދެއެވެ. ރައީސް ސާލިހް ވިދާޅުވީ ނުއަގުގައި ދޫކުރި ރަށްތަކާއި މެދު ފިޔަވަޅު އަޅާއިރު އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭގޮތަށް އެކަން ކުރިޔަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: