ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާދީ، ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ

ފޮޓޯ: ސޯޝަލް މީޑިއާ --- ސީރިޔާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަކީ ހިޔާލު ތަފާތުވެފައިވާ މައްސަލައެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިޔާގައި ހިނގަމުންދާ ހަނގުރާކައިގައި ބައިވެރިވުމަށް އެ ގައުމަށްދިޔަ، ދިވެހިންގެ ތެރެއިން ރާއްޖެ އަންނަންތިބި ދިވެހިން ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސީރިއާގައި ތާށި ވެފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތް ދެ ގައުމަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މީހުން ރާއްޖެ ގެނެސް އަނބުރާ މުޖްތަމައުއަށް ނެރުމުގެ ކުރިން ފަރުވާ ދިނުން މުހިންމުކަމަށާއި، އެ މީހުން ބައިތިއްބާނެ ތަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެ މަސައްކަތްވެސް ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސީރިއާގައި ތިބި، ރާއްޖެ އަންނަން ބޭނުންވާ މީހުން އެމީހުންގެ ގައުމަށް ގެނެސް މުޖްތަމައުއަށް ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

ސީރިއާގައި ތިބި މީހުން ރާއްޖެ ގެނައުމުގެ އުސޫލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެ މީހުން ރާއްގެ ގެނައުމަށް ކޭމްޕުތަކުން އަންނަ މަހުގެ ތެރޭގައި ނެރޭނެކަމަށެވެ. އަދި އެއަށްފަހު އެމީހުން ގެންދާނީ އެހެން ގައުމަކަށް ކަމަށާއި، އެއަށްފަހު ސަރުކާރުން އެކަން ބަލާ ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވި. ރާއްޖެ އަންނަން ބޭނުންވާ މީހުން އެންމެ ފުރަތަމަ ގެންދާނީ ކޮން ގައުމަކަށް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

“އެނގިވަޑައިގަންނަވާނެ އެ މީހުންނަކީ ޓެރަރިސްޓް ހަނގުރާމައެއްގެ ތެރޭގައި ތިބި ބައެއް. އެހެންވީމާ، އެމީހުން އަނބުރާ ގެނެސް އެނބުރި މުޖުތަމައުއަށް ދޫކުރުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. އަޅުގަނޑުމެންނާއެކު އެ މަސައްކަތުގައި އުޅޭ ގައުމުތަކާއި ޖަމާއަތްތަކުންވެސް އެގޮތަށް ލަފާ ދީފައިވަނީ. އެހެންވީމާ، އެމީހުންނަށް ބޭނުންވާ ފަރުވާދީ މުޖުތަމައުއަށް ނެރުމުގެ ކުރިން އެމީހުން އަހުލުވެރިކުރަން ބައިތިއްބާނެ ތަނެއް ގާއިމުކުރަން މިޖެހެނީ،” ރައީސް ވިދާޅުވި އެވެ.

ޓޯ: ސޯޝަލް މީޑިއާ — ސީރިޔާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަކީ ހިޔާލު ތަފާތުވެފައިވާ މައްސަލައެއް

ކޭމްޕުގައި، އުފަންވީ ކުދިންތިބިއިރު، އެ ކުދިންގެ ރައްޔިތުކަންެވެސް ކަށަވަރު ކުރަންޖެހޭކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް އާއިލާތަކާއި އެކު ސީރިއައަށް ގޮސް ތިބި ދިވެހިންގެ އަދަދު 160 އަށް އަރާނެކަމަށާއި އެގައުމުގައި ދިވެހި ތުއްތު 30 ކުދިންވެސް ހަނގުރާމަ ކުރާ ސަރަހައްދުތަކުގައި ގެންގުޅެމުން އަންނަ ކަމަށެވެ. ސީރިއާގައި ތިބި ދިވެހިން ރާއްޖެ އަނބުރާ ގެނައުން، ރައީސް ނަޝިދު ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މައްސަލައެއްގެ ގޮތުގައެވެ. އަދި އެމީހުންނަށް އެވެސް ރިހެބިލިޓޭޝަންއެއް ނުދީ، ނުވަތަ ނިޔަތެއް ނޭނގި ގައުމަށް އަނބުރާ ގެނައުމަކީ ކުރެވިގެން ނުވާނެ ކަމެއްގެގޮތުގައެވެ.

ހަނގުރާމައަށް ގޮސްތިބި ބައެއް ދިވެހިން އަނބުރާ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން އެދެމުންދާކަމަށް ސަރުކާރުން މިއަހަރު ކުރީކޮޅު ބުނެފައިވެއެވެ.

ނަމަވެސް، ހާއްސަކޮށް ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންގެ ރައްޔިތުކަން ކަށަވަރު ކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް ނޭޝަނަލް ކައުންޓޭ ޓެރަރިޒަމްއިން ވަނީ ބުނެފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: