ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑަރުންނަށް ބައްދަލު ނުކުރެވިގެން އުޅެނީ ހުރިހާ ބޭފުޅުން މާލޭގައި އެއް ވަގުތެއްގައި ނޫޅެވޭތީ!

ފޮޓޯ: ވަން އޮންލައިން / އައުޒަމް --- ލީޑަރުން މަހަކު އެއްފަހަރު ބައްދަލު ކުރުމަށް އެއްބަސްވެފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކަށް ގެންނަން އެކުގައި އަތުކުރި އޮޅާލި ކޯލިޝަންގެ ލީޑަރުންނާއި ބައްދަލު ނުކުރެވި ވަނީ، ހުރިހާ ބޭފުޅުން އެކީ މާލޭގައި ތިއްބަވާ ވަގުތަކާއި ދިމާ ނުވުމުގެ ސަބަބުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި އުފެދުނު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއަށްފަހު، ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެތައް ބަޔަކު އެމަނިކުފާނާއި ދެކޮޅުވެ އުފެދުނީ އިދިކޮޅު ކޯލިޝަންއެކެވެ.

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ހުކުމެއްގައި ހުންނެވި ނަމަވެސް އިސްކޮށް ހުންނަވާ ސިޔާސީ ހަރަކާތްތައް އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އިންނަވާ ކުރިޔަށް ގެންދިޔައެވެ.  ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކުގައި މަސައްކަތް ކުރަމުން ދިޔައީ އެއްބަސްވުންތަކަކަށް އައިހެވެ. ރައީސް ސޯލިހް ވަނީ، ދުވަހަކުވެސް ކޯލިޝަން މަތީން ހަނދާން ނައްތާ ނުލައްވާނެކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ހުވާ ކުރެއްވިތާ މާގިނަ ދުވަސްތަކެއް ނުވެ ހުރިހާ ލީޑަރުން ބައްދަލުކުރީ ހޮޓެލް ޖެންއިންނެވެ. އަދި އެ ދުވަހު ލީޑަރުން ވަނީ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމާއި ސަރުކާރަށް ލަފާ އެރުއްވުމަށް ކޮންމެ މަހަކު އެއްފަހަރު ބައްދަލު ކުރައްވާނެކަމަށް ނޫސްވެރިންނަށް ވިދާޅުވެފައެވެ.

އޭގެ ފަހުން 10 މަސް ފާއިތުވީއިރު ކޯލިޝަން ލީޑަރުން ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑިތައް ބަހާނެ ގޮތުގެ ބަހުސް އޮތީ ބޮޑުވެފަ އެވެ. އެ ބަހުސް ބޮޑުވެ ލީޑަރުން ވެސް ހިޔާލު ތަފާތުވެ އެއް މޭޒަށް ވަޑައިގެންނެވުން ހުއްޓާލެއްވީ އެވެ. ރައީސް ސޯލިހް ވަނީ، އެއީ އެވަގުތަށް އެންމެ ރަނގަޅުގޮތްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

null

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑަރުންނާއެކު ދެން ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ބައްދަލުވުން އަވަހަށް އޮންނާނެ ކަމަށް ވިދާޅުވެ ތާރީހެއް ވެސް ދެއްވި އެވެ. އެކަމަކު އެ ބައްދަލުވުން އެގޮތަށް ކުރިއަށް ނުދެއެވެ.

ނޫސްވެރިންނަށް ހާއްސާކޮށް ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އދ.ގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ކުރައްވާ ދަތުރުފުޅުން އެނބުރި ވަޑައިގެން ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުން އެ ބައްދަލުވުން އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ބޭއްވޭވަރުވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަންގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ކޯލިޝަން ދެމި ނޯންނަންވީ ސަބަބެއް ނެތް ކަމަށާއި ރައްޔިތުން އިންތިހާބު ކުރީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އެހެންކަމުން ހުރިހާ ޕާޓީތަކުންނާއި ޕާޓީތަކުގެ ލީޑަރުންނާއި އެމަނިކުފާނު ވެސް އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: