ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށަނީ

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށަނީ. ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަޅު ވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް މިއަދު ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ފައްޓަވައިދެއްވާނެކަން ހެރިޓޭޛް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދު ހަވީރު އެކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ކަޅު ވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސްއާއެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ މިލިއަން ރުފިޔާއަށެވެ. މަސައްކަތް ފަށާތާ ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިވަނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމެވެ. އޭގެ ތެރޭގައި ހިމެނެނީ، މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ކުރުން އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯރ އެގްޒިބިޝަން އެރީއާ ތައްޔާރުކުރުމެވެ.

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުން ކަމަށް އެ މިނިސްްޓްރީއިން މައުލޫމާތުދޭ.

މިސްކިތް ރޭވުމުގެ ކަންކަން ކުރެވެމުންދާނީ ސީދާ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ބެލުމުގެ ދަށުން ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދެއެވެ. ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ސަރުކާރުން ނިންމާފައިވަނީ ކުރީގެ ދިރާގު ބިލްޑިންގް ހުރި ސަރަހައްދުގައެވެ.

ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިސަރުކާރުން ވަނީ ދިރާގު ކުރިން ހުރި ބިމުގައި އެމިސްކިތް އަލުން ބަހައްޓަން ނިންމާފައެވެ.

މިސްކިތް އަލުން ރާވާ މާލޭގެ ސަރަހައްދެއްގައި ބެހެއްޓުމަކީ ރައިސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: