ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ދޫކޮށް ދިޔުމަށް ރައީސް ޔާމީން ވިދާޅެއް ނުވޭ، އެ ހައްދަވަނީ އިތުރުފުޅެއް: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ( މުންދު) ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ދޫކޮށް ދިޔުމަށް އެއްވެސް މެމްބަރެއް ކައިރީގައި ރައީސް ޔާމީން ވިދާޅުވެފައި ނުވާނެކަމަށް އެ ޕާޓީގެ ޖޮއިންޓް ކޯލިޝަން ޕާޓީއެއް ކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ޕީޕީއެމް ދޫކޮށް އެހެން ޕާޓީއަކަށް ދިޔުމަކީ އެ މެމްބަރުންގެ އަމިއްލަ އިޚްތިޔާރުގެ މައްޗަށް އޮތް ކަމެއްކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވީ އެބޭފުޅުން ޕީޕީއެމްގެ ގޮފިތަކުގެ މެމްބަރުންނަށް ގުޅައި ޕާޓީ ދޫކޮށްލީ ރައީސް ޔާމީން އާއި މަޝްވަރާ ކުރެވިގެން ކަމަށް ބުނަމުންދާކަމަށެވެ.

އެފަރާތްތަކަށް ގުޅައި ތިމަންމެންނަކީ އަދިވެސް އެއްބައެއްކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ބުނަމުންދާކަމަށްވެސް މުންދު ވިދާޅުވިއެވެ. މުންދު ވަނީ އެ މެމްބަރުން އަދިވެސް ތިބީ ޕީޕީއެމް އާއެކު ކަމަށް ގޮފިތަކުގެ މެމްބަރުންކައިރީގައި ބުނެ، މިހާރު އެމެމްބަރުން ސޮއިކޮށްގެން އުޅޭ ޕާޓީއަށް ގެންދަން މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުގެ މަތިން ޕީޕީއެމްގެ ކުރީގެ މެމްބަރުން އެހެން ޕާޓީއަކަށް ސޮއިކުރަން އުޅުނު ދަނޑިވަޅުގައި ގޮފިތަކުގެ މެމްބަރުންނާއެކު އެއް ހަފްލާއެއްގައި ސޮއި ކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް މުންދު ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރުންނަކީ ހޭލުންތެރި އަދި ފުޅާ ދާއިރާއެއްގައި އެޕާޓީގެ ލީޑަރޝިޕާއި ގުޅުން އޮންނަ މެމްބަރުންތަކެއް ކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ އެ މެމްބަރުން ފޯނުކޮށް މިވެނި އެވެނި ބަޔަކު ގުޅައިގެން އެފަދަ ވާހަކަތަކެއް ދައްކާފައިވާކަމަށެވެ.

މުންދު ވިދާޅުވީ ޕާޓީ ދޫކޮށް ދިޔަ އެއްވެސް މެމްބަރެއް ރައީސް ޔާމީންގެ އަަރިހަށް ވަދާއީ ޒިޔާރާތްކޮށް ހިތްހެޔޮ ކުރެއްވުމަށް ބުނެފައި ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެއްވެސް އިސް މީހަކަށް އެނގިގެން އެއްވެސް މެމްބަރެއް ނުދާކަމުގައެވެ. އަދި ރައީސް ޔާމީން ވިދާޅުވެގެންނޭ ބުނެ ކުރީގެ މެމްބަރުން ޕާޓީގެ އެއްވެސް އާންމު މެމްބަރެއްގާތުގައި އެ ދައްކަނީ ތެދުވާހަކައެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޕާޓީއަކީ މިވަގުތު އެއްވެސް އެހެން އެއްވެސް ޕާޓީއަކާއި ކޯލިޝަނެއް އޮތް ޕާޓީއެއްވެސް ނޫން. އަޅުގަނޑުމެންގެ ޕާޓީގެ މަސްލަހަތު، އާ.. ދެ ޕާޓީގެ މަސްލަހަތު މި ކުރިޔަށް ގެންދަވަނީ ރައީސް ޔާމީން. އެހެންވީމަ، އަޅުގަނޑުމެން މިވަގުތު އެހެން ޕާޓީއަކާ ސީދާ މުއާމަލާތްތަކެއް ކުރާކަށް ނުވަތަ ދުރަށް ސިޔާސީގޮތުން ވިސްނާފަކާ އަޅުގަނޑުމެން އާ.. ގެ މެމްބަރުންނަށް މެސެޖެއް ދިނުމަށް ނުވަތަ އެހެން ކަމެއް ކުރަކަށް މެމްބަރުން އެހެން ޕާޓީއަކަށް ނުވެސް ފޮނުވަން. ނުވެސް ފޮނުވާނަން. ރައީސް ޔާމީން ވެސް އެފަދަ ކަމެއް ކުރައްވާފައެއް ނޯންނާނެ. އެހެންވީމަ އެއިން ބޭފުޅަކު ގުޅުއްވާފަ ހަގީގަތް އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާ ކަމުގެ ވަންޏާ، އެކަމަށް ސަމާލުވެވަޑައިގަންނަވއްޗޭ އަޅުގަނޑުމެންގެ މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ.” މުންދު ވިދާޅުވިއެވެ.

ޕީޕީއެމް ނުވަތަ ޕީއެންސީ ދޫކޮށް އެއްވެސް ސިޔާސީ ޕާޓީއަކަށް ދިޔުމަށް ރައީސް ޔާމީން ހިއްވަރު ނުދެއްވާނެކަމުގައި މުންދު ވަނީ މިއަަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ދާދި ފަހުން ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިފައެވެ. އޭގެ ތެރޭގައި 18 ވަަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ހިމެނެއެވެ.

އެ މެމްބަރުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު އާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހު އާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދުގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ކުރީ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި އޭރުގެ ހޯމް މިނިސްޓަރ ކަން ކުރެއްވި އަހުމަދު އަޒްލީން ވެސް ޖުމްހޫރީ ޕާޓީއާ ވަނީ ގުޅިވަޑައިގެންފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: