ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސްކޫލެއްގައި ހިންދޫ ހަފްލާއެއް ބޭއްވި މައްސަލަ ބަލަނީ

ކުޅުދުއްފުށީ ސްކޫލްގައި ބޭއްވި ހިންދޫ ހަރަކާތުގެ ތެރެއިން. ފޮޓޯ:މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ ހަފްލާއެއް ފާހަގަކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ފޮޓޯތަކެއް އާންމުވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުން ފާހަގަކޮށްފައިވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ “އޮނަމް ފެސްޓިވަލެވެ.” މި ފެސްޓިވަލްއަކީ އިންޑިއާގެ ކެރަލާއަށް ޚާއްސަ ފެސްޓިވަލެކެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ބުނީ އެރަށު ސްކޫލުގައި އިސްލާމްދީނާއި ޚިލާފަ އެއްވެސް ހަރަކާތެއް ހިންގާފައިނުވާކަމަށާއި ހުކުރު ދުވަހު ކުރިއަށް ގެންގޮފައިވަނީ ޓީޗަރުންގެ ގެޓްޓުގެދަރ އެއް ކަމަށެވެ. އަދި އެ ހަރަކާތް ބާއްވާފައިވަނީ ސްކޫލުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ.

ނަމަވެސް ދައުރުވަމުންދާ ފޮޓޯތަކުން ދީންތަކުގެ ރަމްޒުތަކެއް ހުރި ކަމަށް ބެލެވޭ ކަމަށާއި އެކަންތައް ހިނގައިދިޔަ ގޮތް ބަލަން ސްކޫލުގެ ޕްރިންސިޕަލަށް އަންގާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެ ހަރާކާތް ސްކޫލުގައި ހިނގަމުން ދިޔަ ވަގުތު ފުލުހުން ސްކޫލަށް ވަތް ކަމަށާއި ނަމަވެސް ނަމަވެސް އެތަނުގައި ދީނީ ކަމެއް ނުކުރާކަމަށް ޓީޗަރުން ބުނުމުން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް މައުލޫމާތުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: