ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާއަށް އިއުތިރާފްވަން، ފިލަން އުޅުނީތީ މައާފަށް އެދެން: އަދީބު

ފިލަން އުޅުނީީތީ އަދީބު މައާފަށް އެދިއްޖެ. ފޮޓޯ:އަވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލަވަން އުޅުއްވީތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައާފަށް އެދިވަޑައިގެންފިއެވެ.

ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ވާގޯ 9 ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިއްލެވި މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު އަދީބު ވަނީ އެއްވެސް މީހެއްގެ މަޖުބޫރުކުރުމެތްނެތި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަ ދައުވާއަށް އިއުތިރާފުވެޑައިގެންފައެވެ. އަދި ފިއްލަވައިގެން ވަޑައިގަނެވުނީތީ އެހެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އަދީބު ވަނީ ޝަރީއަތުގެ މަޖީލީހުގައި ވިދާޅުވެފައެވެ.

އަދީބު ވަނީ ހުކުމް ކުރައްވާއިރު އެމަނިކުފާނުގެ ސިއްޙީ ހާލަތަށް ރިއާޔަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގަތުމާއެކު ޝަރީއަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން،އަދީބުއަށްވެސް ގިނަ ހައްގުތަކެއް ލިބިގެންވާ ކަމަށާއި، ނަމަވެސް، އަމިއްލަ އިއުތިރާފާއި އެކު، އެ މާއްދާގެ 3 ވަނަ ނަމްބަރުން ފެށިގެން 9 ވަނަ ނަމްބަރާއި ދޭތެރޭ ބަޔާންކޮށްފައިވާ ހުރިހާ ހައްގުތައް އުނިވެގެން ދާނެ ކަމަށެވެ.

އަހުމަދު އަދީބާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ކުށަކީ، ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެހެންކަމުން، އެންމެ މަދުވެގެން 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށް ޝަރީއަތުން ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުން ތަކެއް ބޭއްވުމުގެ ބަދަލުގައި ދެން އޮންނާނީ އަވަސް ނިޔާ ކަނޑައެޅުމަށް ބާއްވާ އަޑުއެހުން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ރާއްޖެއިން ފިއްލަވައިގެން ދަނިކޮށް އިންޑިއާގެ ޓުޓިކޮރިން އިން އަދީބު އަތުލައިގެންފައިވަނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުއެވެ.

އެ ޓަގު ބޯޓާއެކު އަދީބު އެނބުރި މާލެ ގެނައީ އޭގެ ތިން ދުވަސް ފަހުންނެވެ. ފިއްލަވަން މަސައްކަތް ކުރެއްވުމާއި ގުޅޭގޮތުން ބަންދުގެ ޝަރީއަތުގައި އަދީބު ވަނީ އެމަނިކުފާނު ފިއްލަވަން މެދުވެރިވީ އެމްއެމްޕީއާރުސީގެ ތަހުގީގަށް އެއްބާރުލުން ދެއްވަން ފެއްޓެވުމުން އައި އިންޒާރުތަކާއި ހެދިކަން ފާހަަގަ ކުރައްވާފައެވެ.

މީގެ އިތުރުން ދައުލަތާއި އެކު ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ތަހުގީގަށް އެއްބާރުލުން ދެއްވާއިރު މައްސަލައިގައި މިހާރުވެސް ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ނުފޫޒުގަދަ ބޭފުޅުން އޭގެ ތެރޭގައި ހިމެނޭކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބު ހިފެހެއްޓުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އެމަނިކުފާނު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ދިވެހި ފުލުހުންނާއި ހަވާލުކޮށް، ރާއްޖެ ގެނެސްފައިވަނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: