ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑިކޭއިން ދެ އޮޕަރޭޝަނެއް ވަގުތުން

އެ އޮޕރަޭޝަންގައި ބައިވެރިވާ ޑޮކްޓަރުންނާއި ނަރުހުން... ފޮޓޯ:އޭޑިކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ކުރަމުންދާ ދެ އޮޕަރޭޝަނެއް ފޭސްބުކް މެދުވެރިކޮށް ލައިވްކޮށް ދައްކަމުން އެބަގެންދެއެވެ.

މިއަދު ދެ އޮޕަރޭޝަނެއް ވަގުތުން ލައިވް ކޮށް ދައްކަމުންދާއިރު، މި ދެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ “މޯލްޑިވަސް ބްރެއިން އެންޑް ސްޕެއިން” ކޮންފަރެންސްގެ ބައެކެވެ.

އެގޮތުން ފުރަތަމަ އޮޕަރޭޝަން މިހާރު ކުރިއަށް ދާއިރު އިސްކޮށް ހުންނެވީ ދިވެހި ނިއުރޯ ސާޖަން، ޑރ.އަލީ ނިޔާފްއެވެ.

އޭޑިކޭއިން މައުލޫމާތު ދެމުން ވިދާޅުވީ، އެ ދެ އޮޕަރޭޝަނަކީވެސް ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދިގު މިނުގެ އޮޕަރޭޝަނެއް ކަމުގައެވެ.

އެ ދެ އޮޕަރޭޝަން ކުރުމުގައި އެ ކޮންފަރެންސަށް އެމެރިކާ އިން ވަޑައިގެންނެވި ތިން ނިއުރޯސާޖަނުން ކަމަށްވާ ޑރ.ރިޗަޑް ހޮންސީ އާއި ޑރ.ރިޗަޑް ޗުއާ އަދި ޑރ.ފާރޫގު ރިޒާ ފަރޯކީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

https://www.facebook.com/ADKHospital/videos/1414747952025296/

އެ އޮޕަރޭޝަން ލައިވްކޮށް ބަލަމުން ދިޔައިރު މި އޮޕަރޭޝަނުގައި ބައިވެރިވި ޑޮކްޓަރުން ދިޔައީ އޭޑިކޭގެ ބައެއް ޑޮކްޓަރުންގެ ސުވާލުތަކަށްވެސް ޖަވާބު ދެމުންނެވެ.

މިއަހަރުގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 200 ވަރަކަށް ޑޮކްޓަރުން ބައިވެރިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

އެޑީކޭއިން މައުލޫމާތު ދޭގޮތުގައި އެ ކޮންފަރެންސް މިމަހުގެ 19ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: