ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އަށްވުރެ އަހަރެމެން އެންމެންގެ ބޯ މާ ބޮޑު: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހީމް އަށް ވުރެެ އެމްޑީޕީގެ މެެމްބަރުންގެ “ބޯ ބޮޑުވާނެކަމަށް އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެެ މާފަންނު އުތުރު ދާއިރާގެެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މެމްބަރު އިމްތިޔާޒު ވިދާޅުވީ ގާސިމް އިބްރާހީމް އަށްވުރެ އެމަނިކުފާނުގެ ބޯވެސް މާ ބޮޑުވާނެކަމަށެވެ.

އިންތި މިހެން ވިދާޅުވީ މަޖިލިސް ރައީސް، ރައީސް ނަޝީދު ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމަށް ޖުމްހޫރީ ޕާޓީއަށް ބަޔަކު ސޮއިކުރަން މިމަހުގެ 15 ވަނަ ދުވަހު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވުމާއި ގުޅިގެންނެވެ.

 

https://twitter.com/Imthiyazfahmy/status/1173520876085448704

މެމްބަރު އިންތި ވިދާޅުވީ ގާސިމް އަށް އޮތް ހަމައެކަނި ފުރުސަތަކީ އެމްޑީޕީ މެމްބަރުންގެ ތެރޭގައި ދޭތެރެ ޖައްސަވައިގެން ނުވަތަ ކޮންމެވެސް ޒާތެއްގެ ފިތުނައެއް އުފައްދަވައިގެން ކަންފުޅެއް ވޭތޯ ބެއްލެވުން ކަމުގައެވެ.

އެހެން ނަމަވެސް އެއަށްވުރެ މެމްބަރު އިންތި އާއި އެމްޑީޕީ މެމްބަރުންގެ ބޯ ބޮޑުވާނެކަމުގައި އޭނާ ވިދާޅުވިއެވެ.

މިފަހަކަށް އައިސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަންނަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަމުންނެވެ.

ގާސިމް ވިދާޅުވީ ނަޝީދު ދައްކަވާ ވާހަކަތަކާއި އަމަލުކުރައްވާ ގޮތުން ގޯލް ޖައްސަވަނީ ބައިކޮޅަށް ކަމުގައެވެ.

އެކި ހަފުލާތަކުގައި، އިސްލާމްދީނާ ގުޅުވައި މަސްލަހަތު ގެއްލޭ ފަދަ ވާހަކަފުޅުތަކެއް ދައްކަވަމުން ގެންދަވާ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާގައި، ދިވެހިން ޒަމާނުއްސުރެން ހެދުން އަޅަމުން އައި ގޮތަށް އައި ބަދަލާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅާއި މެދު ވެސް ގާސިމް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

ޒުވާނުންގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރަން ތިބި ކުދިންގެ ކުރިމަތީގައި އެކި ފަލްސަފާގައި ދެކެވޭ ވާހަކަ އަމާޒުކުރައްވަނީ ކޮން މަގްސަދެއް ހާސިލްކުރައްވަންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވަނީ ރައީސް ނަޝީދު ކިޔަވާ ކުދިންނަށް ވިސްނައި ދެއްވަން އުޅުއްވަނީ ކޯއްޗެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. 

އެ ބާވަތުގެ ފިތުނަ ފަސާދަ އުފެދޭ ވާހަކަ ރައީސް ނަޝީދު ދައްކަވައިގެން އިތުރު ބައެއްގެ ސަޕޯޓް ހޯއްދަވަން ރާއްޖޭގައި މީގެ 1000 އަހަރު ކުރިން އޮތް ދީނަކާ ގުޅުވައިގެން ވަހާކަ ދެއްކެވުމަކީ ބަލައިގެނެވޭނެ ކަމެއްް ނޫންކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: