ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް ދިޔާނާތަ، ނޫނީ މަހާޒްތަ!

ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު، އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށްް ކުރީގެ ބަންޑާރަ ނައިބް ފާތުމަތު ދިޔާނާ ސައީދާއި،ި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ލަފާއެރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފިއެވެ. 

ދިޔާނާ ސައީދުއާއި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ސާލިޙްއަށް ލަފާ އެރުވުމަށް ޖޭއެސްސީން ފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ދިޔާނާ  އައްޔަން ކުރަން ރައީސްއަށް ލަފާއެރުމަށް ޖޭއެސްސީން ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައީސް ސާލީޙް ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން ފޮނުއްވި ނަންފުޅަކީ ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީއެވެ. 

ޖޭއެސްސީގެ ބައްދަލުވުމެއްގައި  އެ ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކާއި، ރައީސް ސޯލިހު ފޮނުވާފައިވާ ނަންތަކާއެކު، ސުޕްރީމް ކޯޓަށް ޝަރުތު ހަމަވާ ބޭފުޅުންނާއި އިންޓަވިއު ކުރުމަށް އެކުލަވާލި ކޮމެޓީން ނިންމި ރިޕޯޓް ބަލައިގަންނަން ފާސް ކޮށްފަ އެވެ.

އަދި އެ ރިޕޯޓްގެ އަލީގައި ޖޭއެސްސީން އިސްކަންދޭ ތަރުތީބު އެނގޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ވެސް ވަނީ ނިންމާފަ އެވެ.

ޖޭއެސްސީގެ ލިސްޓުގެ އެއްވަނައިގައި ވަނީ ދިޔާނާ އަށެވެ. ދެން ޑްރަގް ކޯޓްގެ ފަނޑިޔާރު މަހާޒެވެ. ތިން ވަނައަށް ހިމަނާފައިވަނީ ހދ. ވައިކަރަދޫ ގްރީންވިލާ، މުހައްމަދު ނިޔާޒެވެ. އޭގެ ފަހަތުން ހައިކޯޓްގެ ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކުރަން ވޯޓެއް ނަގައިގެނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: