ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑު ކޮށްފި

ފޮޓޯ: އަވަސް އޮންލައިން ---- ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިކޯޓުގެ ފަނޑިޔާރު ހަސަން އަލީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

ހަސަން އަލީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. ބައްދަލުވުމަށްފަހު ޖޭއެސްސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ހަސަން އަލީ އޭނާގެ މަސްއޫލިއްޔަތުތަކުން އެކެހެރިކޮށްފައިވަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަންއިން ކުރިޔަށްގެންދިޔަ ތަހުގީގަސްފަހު އެކުލަވާލި ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންތައްތަކާއި ގުޅޭގޮތުން ކަމަށެވެ.

އެގޮތުން ރިލްވާންގެ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި، 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި، ހަސަން އަލީ، ފުލުހުންގެ އިންޓެލް ދެ މީހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި، ޓްރެވަލް ޑޮކިއުމަންޓްތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާ ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާ ވަޒީފާއަށް ނުނިކުމެ މަޑުކުރަން އަންގަން ނިންމީ އެވެ.

ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް ކަންތައްތައް ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ އެކަން ޖޭއެސްސީއަށް އަންގާފައިވާކަމަށާއި، އޭނާ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަންގެ ރައީސް އަބްދުﷲ އަރީފާއި ނާއިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ އަބްދުއް ރައޫފާއި ހިސާން ހުސައިނާއި އަލީ ޝަރީފާއި ޑރ. އަލީ ޝަމީމް އަދި އަބްދުއްމާނިއު ހުސައިނެވެ.

ހަސަން އަލީ އަކީ ހައިކޯޓުގެ ރެޖިސްޓްރާކަމުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެއް، އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ތެރޭގައި އޭނާ މަގާމުން ވަކިކޮށްފައިވަނީ ކުށްލި ގޮތަކަށް ކަން ފާހަގަކޮށްލެވެއެވެ. ހަސަން އަލީ މަގާމުން ވަކި ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ދެން އޭނާ އައްޔަންކުރީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އެ މަގާމު އޭނާއަށް ދިނުމަށްފަހު އަނެއްކާވެސް އާސަންދަ ކުންފުނިން ވަކިކޮށް، ދެން އައްޔަންކޮށްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާމަކަށެވެ.

މަރުގެ މައްސަލަތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވަނީ ނޮވެމްބަރު 23، 2013 އިން ފެށިގެން ޖެނުއަރީ 20، 2015 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވިއިރު، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމައިގައި މަރުވެފައިވާކަން ދެއްކުމަށްޓަކައި، އޭނާގެ ޕާސްޕޯޓެއް ހަދައިދިނުމަށް އިންޓެލިޖެންސް ދެ ފުލުހަކު އޭނަގާތު އެދުނު ކަމަށެވެ. އަދި އެގޮތަށް އެދުމުން ރަސްމީކޮށް ލިޔުމަކުން އެދިގެން ނޫނީ އެފަދަކަމެއް ނުކުރެވޭނެކަމަށް ހަސަން އަލީ ވިދާޅުވި ކަމަށާއި ޖަވާބުގައި ރަސްމީލިޔުމެއް ނުގެނެވޭނެކަމަށް އެދެމީހުން ބުނިކަމަށް އެ ރިޕޯޓުގައިވެއެވެ. ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓު އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވި ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ. އެކަން މަރު ކޮމިޝަނަށް އެނގިފައި ވަނީ ހަސަން އަލީ ފުލުހުންނަށް ދީފައިވާ ބަޔާނުން ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ހަސަން އަލީއާ ގުޅޭގޮތުން މިހާރު ވެސް ޖޭއެސްސީން އަންނަނީ އިތުރު މައްސަލައެއް ބަލަމުންނެވެ. އެއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކެމްޕެއިން ކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: