ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާންގެ މައްސަލާގައި މީހަކު ހޯދަން ވީޑިޔޯ އާންމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރުތަކާ ބެހޭ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަން ވީޑިޔޯއެއް އާންމުކޮށްފިއެވެ.

މަރު ކޮމިޝަނުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހަކީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށާއި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ކޮމިޝަނަށް އަންގައި ދިނުން އެދޭ ކަމަށެވެ.

 

https://twitter.com/DdcomMdv/status/1173490905010933760?ref_src=twsrc%5Etfw

އެއީ ކޮން މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެއްކަން ކޮމިޝަނުން ހާމަނުކުރި ނަމަވެސް ވީޑިއޯ އިން ފެންނަ ތާރީހަކީ 2014 ވަނަ އަހަރުގެ އޮގަސްޓް 08 ކަމަށް ވާތީ އެއީ ރިލްވާން ގެއްލުނު ރޭ ރެކޯޑު ކުރެވިފައިވާ ވީޑިޔޯއެއްކަން އެނގެއެވެ.

ބެލެވޭ ގޮތުގައި އެ ވީޑިއޯ ފޫޓެޖް އަކީ މާލެގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ވީޑިއޯ ފޫޓޭޖެކެވެ.

ރިލްވާންގެ މައްސަލައާ ގުޅިގެން މީހަކު ހޯދަން ވީޑިޔޯއެއް އާންމުކޮށްފައިވާއިރު މަރުތަކާ ބެހޭ ކޮމިޝަނުން ދާދިފަހުން ވަނީ ރިލްވާންގެ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ތައްޔާރުކުރި ދެވަނަ ޑްރާފްޓް ރިޕޯޓުގައި ހިމެނޭ ބައެއް މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ހަރުކަށި ދީނީ ޖަމާއަތަކުން ރިލްވާން ރަހީނުކޮށްގެން ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާ ކަމަށް ކޮމިޝަނުގެ އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: