ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ބާއްވާ ދެ ވަނަ ޖަލްސާ އަންނަ އާދީއްތަ ދުވަހު

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު :ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން ބާއްވާ ދެ ވަނަ ޖަލްސާ އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ. 

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެންބަރުންގެ އަދަދަށް މެންބަރުން އެ ގޮތަށް އެދިވަޑައިގެން ހުށަހެޅުއްވުމުންނެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބޭއްވުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު މިމަހުގެ 22 ގައި ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށާއި އެ ޖަލްސާއަށްފަހު އިތުުރު ޖަލްސާތައް ދައުުރުން ބޭރުގައި ބޭއްވުމާ ގުޅޭގޮތުން އަނެއްކާވެސް ގޮތްތަކެއް ނިންމަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެންބަރުން ތިއްބެވީ ޗުއްޓީގަ އެވެ. ނަމަވެސް އެމްޑީޕީގެ 29 މެންބަރަކު އެދިވަޑައިގެން ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ދައުރުން ބޭރުން ޖަލްސާއެއް ވަނީ ބާއްވާފަ އެވެ.

އެ ދުވަހުގެ ޖަލްސާގައި އޮތީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. މިމަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ޖަލްސާއަށްފަހު ދައުުރުން ބޭރުގައި އިތުރު ޖަލްސާތަކެއް ބޭއްވުމަށް ޕީޖީ ލީޑަރުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: