ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލައާއި ގުޅުންހުރި ދެ ފުލުހުން ވަޒީފާއިން ވަކިކުރަނީ

ފުލުހުންގެ ރަސްމީއްޔާތެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންނޫޙުގެ ނޫސްވެރިޔާއަ ބްދުﷲރިޟްވާންގެ މަރުގެމައްސަލައާއި ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ ފުލުހުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްެސްސާވިސްއިންބުނެފިއެވެ. 

ރިލްވާންގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވަނީ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ދެ ފުލުހުުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ތަހުގީގުކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށެވެ.

ފުލުހުންގެ ގަވާއިދު ބުނާގޮތުން، އިސްތިއުނާފު މަރުހަލާއަށް 7 ދުވަހުގެ މުއްދަތެއް ދޭންޖެހޭތީ އެ ފުރުސަތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ޑިސިޕްލިނަރީ ބޯޑުގެ މި ނިންމުން ތަންފީޒުކުރެވޭނީ ކޮމިޝަނަރު އޮފް ޕޮލިސްގެ އެންޑޯސްކުރެއްވުމުންކަމަށްވެސް ފުލުހުން ބުނެއެވެ. މި ވަގުތު އެ ދެ ފުލުހުން ތިބީ ސަސްޕެންޝަންގައެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ކުރީ ސަރުކާރުގެ ދުވަސްވަރު، ވަޒީފާއިން ވަކިކޮށްފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ތަހުގީގަށް ހުރަސް އެޅި ދެ ފުލުހުން ސަސްޕެންޑުކޮށްފައި ވަނިކޮށް އަލުން ވަޒީފާއަށް ނެރެފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 7 ގައިކަމަށެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: