ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ އިލްމުވެރިން ރައީސް ނަޝީދު އަށް ރައްދު ދެއްވީ ޓުވީޓުތަކުން!

މަޝްހޫރު ދީނީ އިލްމުވެރިޔާ އައް ޝެއިޚް އިލްޔާސް ހުސެއިން: ފޮޓޯ އިންޑިޕެންޑެންޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ހެދުން އެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ދީނީ އިލްމުވެރިން ރައްދު ދެއްވައިފިއެވެ.  

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިންނާއި ބެލެނިވެރިން އަދި ޓީޒަރުންނާއި މުހާތަބު ކުރައްވާ ރައީސް ނަޝީދު ރޭ ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތު ބަދަލު ކުރުމަށް ވޭތުވެދިޔަ 20 އަހަރުތެރޭ ގިނަ މަސައްކަތްތަކެއް ބަޔަކު ކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މަންމަ އެހެން ގޮތަކަށް ހެދުން ތުރުކުރައްވަން ފެއްޓެވީ، އެމަނިކުފާނުގެ އުމުރުފުޅުން  30 އަހަރުވީ ފަހުން ކަމަށެވެ. ރައީސް ނަޝީދުގެ މަންމަ ބުރުގާއެއް ތުރު ކުރެއްވުމަށް ފަހު، އެހެން ގޮތަކަށް ހެދުން ބަދަލު ކުރެއްވިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ އޭގެ ކުރިން އެމަނިކުފާނުގެ މާމަވެސް ބައެއް ފަހަރަށް ހަވީރަށް ވީމަ ބުރުގާއަކަށް ބަދަލު ކުރައްވާ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ މަންމަ ފަހުން ތުރުުކުރައްވާފައި ހުންނަވާ ބުރުގާއެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ގިނަ ދީނީ އިލްމުވެރިން ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒު ރައީސް ނަޝީދުގެ ރަސްމީ ޓުވިޓަރ އެކައުންޓް “ޓެގް” ކުރައްވައި ވިދާޅުވީ، މުސްލިމުން ހެނދުން އަޅަން ޖެހޭނީ ރަސޫލާ ސއވ އެންގެވި ގޮތަށް ކަމަށާއި އެއީ ރައީސް ނަޝީދު އަންގަވައި ގޮތަކަށް ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ހައްދު ފަހަނަ އަޅައި ގޮސްފައިވާ މީހުން ކާބަފައިން ހުއްޖަތަކަށް ހަަދަން ފެށީ އަލަށް ނޫން ކަމަށާއި އީމާންވާން ޖެހޭނީ ކާބަފައިން އުޅުނު ގޮތަކަށް ނޫން ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.އިޔާޒް ވިދާޅުވީ މުސްލިމުން ހެދުން އެޅުމުގައި ބަލަންޖެހޭނީ ކީރިތި ގުރުއާނާއި ސުންނަތުގައިވާ ގޮތަށް ކަމަށެވެ.

https://twitter.com/dr_iyaz/status/1173020816868433920

ޑރ.އިޔާޒްގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވެސް ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ކަމެއް ކުރަން ދީނުގައި އަންގަވާފައިވާ ސައްހަ ގޮތް އެނގުމުން ކުރީގައި ނޭނގި އަމަލު ކުރެވުނު ގޮތް ދޫކޮށްލުމަކީ ގޯސް ގޮތެއް ކަމަށް ދެކުމަކީ ދީނީ ކަންކަމަށް ހިތުގައި އެއްވެސް މިންވަރެއްގެ ގަދަރެއް ނެތްކަމުގެ އަލާމާތެއް ކަމަށެވެ. ދިވެހިންނަކީ މުސްލިމުންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ، މުސްލިމުން އަބަދުވެސް ބަލަންޖެހޭނީ މާތް ވެގެންވާ އިސްލާމް ދީނުގައި އައިސްފައިވާ ގޮތަށެވެ.

https://twitter.com/shkilyas/status/1172961224197210112

ޝެއިޚް އަލީ ޒައިދު ވިދާޅުވީ ހުޅަނގުގެ ގައުމު ތަކުން ހެދުން އަޅާގޮތަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރުމެވެ. އެހެން ކަމުން ދިވެހި ގައުމިއްޔަތު އެއްލާލި ކަމަށް ވާނީ އިސްލާމް ދީނުގެ އަލީގައި އައުރަ ނިވާ ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޒައިދު ވިދާޅުވީ ކޯޓު ފަޓުލޫނު، ޓައި، އަންހެނުން ކުރު ސޯޓު ބުރި، އަތްކެނޑި ޓީ ޝާޓު ބުރި ނުވަތަ ކިއްލި ގޮށި ފަދަ ޓައިޓަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުން ކަމަށެވެ.

https://twitter.com/alizaid1000/status/1173100841638625280

ޝައިހު ޝަފީއު އަބްދުﷲ ވިދާޅުވީ އިސްލާމް ދީނުގައި ވަކި ކަމަކަށް ހުކުމެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެއްޖެނަމަ، މުސްލިމުންނަށް އޮތީ އެކަމަކަށް އީމާންވެ ތަބާވުން ކަމަށާއި އަދި އެއީ މުއުމިނުންގެ ސިފަ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް ކުރަންވީ ކަމަކީ ހެޔޮ ގޮތަކީ ކޮބައިތޯ ބަލައި ހޯދުން ކަމަށާއި ދީނުގައި ހެޔޮ ގޮތް ބަޔާން ކޮށްފައި އޮންނާނެކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

 

https://twitter.com/shafeeu26/status/1173041135339626496

ބައެއް މައިން ބަފައިން އެބައި މީހުންގެ ދަރީންނަށް ހެޔޮ ގޮތް ވިސްނުމުން އެކަމާ ކަންބޮޑުވާކަން ފާހަގަކުރައްވައި ޝެއިޚް ޝަފީއު ވިދާޅުވީ ހަމަ އެފަދައިން ބައެއް ދަރިން އެބައިމީހުންގެ މައިންބަފައިންނަށް ހެޔޮ ނުބައި ވަކި ކުރަން އެނގުމުންވެސް ކަންބޮޑުވާ ކަމަށެވެ.  އެހެން ކަމުން މުސްލިމުންގެ މައްޗަށް އޮތީ ހެޔޮ ގޮތް ހޯދައި ބަލުންކަމަށް ޝަފީއު ވިދާޅުވިއެވެ.  

https://twitter.com/shafeeu26/status/1173042100650336261

ރޭ އެ މަނިކުފާނު ދެއްކެވި “ބައެއް” ވާހަކަފުޅުތަކާއި ގުޅިގެން ދީނީ އިލްމުވެރިންގެ އިތުރުން އާންމު ގިނަ ރައްޔިތުންގެ ކަންބޮޑުވުން މިސް މީޑިއާގައި ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: