ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް ގާނޫނުގެ އިސްލާހު: އެމްޑީޕީ މެމްބަރުންގެ ވެސް ކަންބޮޑުވުން

ފޮޓޯ: މިހާރު އޮންލައިން/ ނިޝާން އަލީ --- އަލީ އާޒިމް ވަނީ ސަރުކާރާއި އެކު ބިލާއި ގުޅޭ ކަންބޮޑުވުން ހިއްސާކުުރުމަށް އެދިވަޑައިގެންފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު އެމްޑީޕީގެ ޕާލިމަންޓް ގްރޫޕްގެ މެމްބަރުންގެ ކަންބޮޑުވުންތަކެއް ވާކަން ފާހަގަކުރެވުމުން އެކަމާއި ގުޅިގެން ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް އެދިފައިވާކަމަށް ޕާޓީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ޤާނޫނާމެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ އޭނާއަށް އެކަން އެގިވަޑައިތީ މަޖިލީހުގެ ތަޅުމަށް ބިލް ހުށަހެޅުމުންކަމަށެވެ. “ސަންގު” އަށް އާޒިމް ވިދާޅުވީ އެ ކަންބޮޑުވުންތަކާއި ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި އެ މައްސަލައާއި ގުޅިގެން ބައްދަލު ކުރައްވާނެކަމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙް ހުށަހަޅާފައިވަނީ ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި ދިމާވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެއެވެ.

ބިލްގައި ބުނެފައި ވަނީ އެ ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކާއި އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާ ނުކުރުމަކީ ކުށެއް ކަމަށެވެ.

ހަމައެހެންމެ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެފައިވެއެވެ. މީގެއިތުރުން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ނުދިނުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެނަމަ މައުލޫމާތު ހާމަނުކުރި ފަރާތް ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: