ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތު ހުޅުޖެހި މީހާވެސް އުޅުނީ ރައީސް ނަޝީދު އުޅުއްވާހެން: ނިހާން

އަހުމަދު ނިހާން ހުސެން މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މިސްކިތު ހުޅުޖެހި މީހާ އުޅުނުހެން ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ. 

ނިހާން މިފަދަ ގޮތަކަށް ޓުވީޓް ކުރެއްވ ިރާއްޖެ އެހެން ގޮތަކަށް ބަދަލުކޮށް، “އަނބުރާލަން” ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގ ެގައުމިއްޔަތު ފޮހެލުމަށް މިދިޔަ ވިއްސަކަށް ނޫނީ ތިރީހަކަށް އަހަރު ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށެވެ. 

ރައީސް ނަޝީދުގެ މިވާހަކަފުޅަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓުވީޓްގައި ވިދާޅުވީ އަނެއް ދިވެހިރާއްޖެއާއި އަނެއް ގައުމީއްޔަތު ގެންނަވަން މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު ކަމަށެވެ. އަދި ރައީސް ނަޝީދު މިހާރު އުޅުއްވަނީ މިސްކިތު ހުޅުޖެހި މީހާ އުޅުނު ގޮތަކަށް ކަމަށް ނިހާން ވިދާޅުވިއެވެ. 

https://twitter.com/ahmed_nihan/status/1173133499609440256

ރޭގެ ޖަލްސާގައި  ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ނަޝީދު  ވިދާޅުވީ ދިވެހިން ވެސް އުޅެން ބޭނުންވަނީ އިސްލާމް ދީނުގައި ކަމަށެވެ. އެކަމަކު ދިވެހިން ހެދުން އަޅާ ގޮތް ބަދަލު ނުކުރުމަށް އެދިވަޑައިގެންނެވި އެވެ.

ނަޝީދުގެ ވާހަކަފުޅު މިގޮތަށް އައުމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވީ މުސްލިމުން އީމާންވާން ޖެހޭނީ، ކާބަފައިން އުޅުނު ގޮތަށް ނޫން ކަމަށާއި މުސްލިމުން އަމަލު ކުރަންވާނީ، ގުރުއާނާއި ސުންނަތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: