ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާ ތަކެތިން ސަލާމަތް ވެވޭނީ އިސްލާމް ދީނާއި ކައިރިޔަށް ޖެހިގެން: އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާގައި ޖެހިގައި ތިބި ދިވެހިން ސަލާމަތް ކުރެވޭނީ އިސްލާމް ދީނުގައި އެމީހުން ގަދަޔަށް ހިފަހައްޓުވައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތައް އިސްލާމް ދީނުގައި ގަދަޔަށް ހިފެހެއްޓުވުމުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އަދި އެފަދަ ދިރާސާތަކުން އެކަންކަމަށް ހެކި ލިބޭކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުޅަނގުން ބޭނުންކުރަމުންދިޔަ ފަރުވާތަކަކީ އަގުބޮޑު، ދެމެހެއްޓެނިވި އެއްޗެއް ނޫންކަން މިހާރު ވަނީ ސާބިތުވެފައި ކަމަށެވެ.

އިސްލާމް ދީނާއި ކައިރިޔަށް ޖެހިގެން މެނުވީ އެފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު މިފަދައިން ވިދާޅުވެފައިވަނީ ނޭޝަނަލް ޑްރަގް އެޖެންސީއިން ދޭ ހިދުމަތްތައް ފުޅާކޮށް، އެ އެޖެންސީ ހިންގާ އިމާރާތް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: