ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ގެންގުޅެނީ ރާއްޖެ ބަދުނާމު ވާނެ ފަދަ ސިޔާސަތެއް: އާދަމް ޝަރީފް އުމަރު

މެމްބަރު އަދަމް ޝަރީފް އުމަރު/ފޮޓޯ:މޯލްޑިވްސް ޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުުރުމަށް ހުރަސް އެޅޭނެ ކަަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑިރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓެރަރިޒަމާއި އެކްސްޓްރީމިޒަމް އާއި ގުޅޭ ގޮތުން ސަރުކާރުން ގެންގުޅެނީ ރާއްޖެ ބަދުނާމު ވާނެ ފަދަ ސިޔާސަތެއް ކަމަށެވެ.

އާދަމް ޝަރީފް އުމަރު ވަނީ މީގެކުރިންވެސް ކުރެއްވި ޓުވީޓެއްގައި އެކްސްޓްރީމިޒަމާއި ސާކިއުލަރިޒަމްގެ ސަބަބުންވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ވިދާޅުވެފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ވަކާލާތު ކުރާނީ އިސްލާމީ ޝަރީއަތާއި އިސްލާމީ ހަޟާރަތް ރާއްޖޭގައި ބަލިކަށިނުވާ ގޮތަށް ކަމަށްވެސް އާދަމް ޝަރީފް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: