ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ރައްޔިތުންގެ މަޖިލީޙުން ދަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން: އިދިކޮޅު ކޯލިޝަން

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ބޭއްވި ޖަލްސާގެ ތެރެއިން: : ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ރައްޔިތުންގެ މަޖިލީޙުން ގެންދަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމްއާއި ޕީއެންސީން ބުނެފިއެވެ. 

އިދިކޮޅު ކޯލިޝަންއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، އެތަކެއް ރައްޔިތުންގެ މިންނެތް މަސައްކަތާއި ޤުރުބާނީން ގެނެވެނު އެންމެ މުހިންމު ބަދަލަކީ ރައްޔިތުންގެ އަސާސީ އެންމެހާ ޙައްޤުތަކެއް ކަށަވަރުކުރެވިގެންދާނެ ގޮތަށް އެކުލަވާލާފައިވާ ޒަމާނީ ޤާނޫނުއަސާސީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތެވެ.

މި ޤާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ވިސްނާ ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ އިތުރަށް، ކުށުގެ ތުހުމަތު ކުރެވޭ ޙާލަތްތަކުގައިވެސް އެ ތުހުމަތު ކުރެވުނު މީހެއްގެ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުން ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން، ހިތުހުރި ގޮތަކަށް ހިފައި ހައްޔަރު ނުކުރެވޭނެކަމާއި، ބަންދުކުރެވޭ ނުވަތަ ހައްޔަރުކުރެވޭ ހާލަތްތަކުގައިވެސް ހަނުހުރުމުގެ ޙައްޤާއި ވަކިވަގުތެއްގެ ތެރޭގައި ކޯޓަށް ހާޒިރުކުރުން މަޖުބޫރުކުރުންފަދަ އަސާސީ ޙައްޤުތަކުގެ ކަށަވަރުކަން މި ޤާނޫނުއަސާސީންވަނީ ވަރަށް ފުޅާދާއިރާއެއްގައި ލިބިދީފައިކަން އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ހަމަ އެއާއެކު، ޤައުމީ ސަލާމަތުގެ ނަޒަރިއްޔާތަށް ބިނާކޮށް، ޚާއްސަ ހާލަތްތަކުގެ ގޮތުގައި އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަނޑައެޅޭ ހާލަތްތަކުގައި ވެސް، ވަކި ކަހަލަ އަސާސީ ޙައްޤުތަކެއް ހަނިނުކުރެވޭނެކަން ނުވަތަ ނިގުޅައިނުގަނެވޭނެކަން ޤާނޫނުއަސާސީން ވަރަށް ޞަރީހަކޮށް ކަށަވަރުކޮށްދީފައިވާ ކަމަށް ޕީޕީއެމްއާއި ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް  މި ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތައް ހަނިކޮށް، އެ ޙައްޤުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަންކަން ކުއްވެރި ކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ބަޔާނުގައި ބުނެފައިވާ ގޮތުގައި  ދިވެހިރާއްޖޭގެ ބާ ކައުންސިލާއި އެނޫންވެސް ހަމައާއި އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފާހަގަކުރަމުން އަންނަ ފަދައިން، މި ޢަމަލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ އިތުރަށް، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ކުރިއަރާފައިވާ ތަޙްޒީބް މުޖްތަމަޢުތަކުގައި ކަންކަން ކުރަމުން އަންނަ އުސޫލުތަކާއި ޚިލާފު، ދިވެހި ރައްޔިތުންނާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ.

އިދިކޮޅު ކޯޅިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާނޫނަށް ހުށައެޅޭ އިޞްލާޙުތައް ބޮޑަށް އަމާޒުވަނީ “ދީނީ ހަރުކަށިކަމޭ” ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައްވެސް ހިފާ ހައްޔަރު ކުރުމަށާއި “ސެކިއުލަރ” ވިސްނުމަށް ޖާގަ ދިނުމަށެވެ.

ދައުރުގެ ބޭރުން ޖަލްސާ ބާއްވައިގެން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް އަޣްލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ހިންގަމުން ގެންދާ ނާތަޙްޒީބް ޢަމަލާ ދެކޮޅަށް އަބަދުވެސް ތެދުވާނެ ކަމަށް އިދިކޮޅު ކޯޅިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: