ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒުރޭލުގެ ބޮޑުވަޒީރާ ދެކޮޅަށް މުޅި އިސްލާމީ އުންމަތް ތެދުވަން ޖެހޭ : ޑރ ޝަހީމް

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު:ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ކާމިޔާބު ވެއްޖެނަމަ ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބަޔަކަށް ހަދާނެ ކަމަށް ވިދާޅުވެ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާއި ދެކޮޅަށް އިސްލާމީ ގައުމުތައް ތެދުވަންޖެހޭ ކަމަށް އޯއައިސީގޭ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލޭއަކީ 65،000 ވުރެ ގިނަ ޕަލަސްތީނު ރައްޔިތުން، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އުޅެމުންދާ ހިސާބެކެވެ. މި ސަރަހައްދަށް ބާރު ފޯރުވާ ވާހަކަ ނަތަންޔާހޫ ދެއްކެވެމުން، މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާ އިޒްރޭލު ގެންގުޅޭ ވެރިވެގަތުގެ ސިޔާސަތު ދޫކޮށްލަން ގޮވާލާފަ އެވެ.

މިމައްސަލައާއިގުޅިގެން ޑރ  ޝަހީމް ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރުގެ ވާހަކަތައް އިސްލާމީ ބޮޑެތި ގައުމުތަކުން ކުށްވެރި ކުރަންޖެހޭ ކަމަށެވެ. އަދި އިޒްރޭލުގެ އަމަލުތަކާއި ދެކޮޅަށް އިސްލާމީ ކުދި ބޮޑު އެންމެހާ ގައުމުތަކުން ތެދުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ދިވެހި ސަރުކާރުންވެސް ވަނީ ބޮޑުވަޒީރު ނަތަންޔާހޫގެ އެ ވާހަކަތައް ކުށްވެރި ކޮށްފައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ އެއްވެސް ހިސާބެއް އިޒްރޭލުގެ ބަޔަކަށް ހެދުމުން އެ އަރައިގަނެވެނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ކަމަށެވެ. އަދި މީގެ ސަބަބުން މެދު އިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތައް ވެސް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ބައިނަލްއަގުވާމީ ދުނިޔެ އާއި އދ އިން މިކަމާ ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ އެއްބާރުލުން އަބަދުވެސް ފަލަސްތީނަށް ލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަތަންޔާހޫ އިޒްރޭލުގެ ތަނަކަށް ހަދަން މަސައްކަތް ކުރަމުންދާ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީގައި ގާތްގަނޑަކަށް ފަލަސްތީނުގެ 70،000 މީހުން ދިރިއުޅެމުން ދެއެވެ.

ނަތަންޔާހޫގެ މި ވާހަކަތަކަށް އަރަބި ބައެއް ގައުމުތަކުން ވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން މި ވައުދަކީ އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ވައުދެއް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: