ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް 6000 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފަ!

ނެޝަނަލް ހެލްތު އެކައުންޓްސް މިނިސްޓަރު އަމީން އިފްތިތާހްކޮށްދެއްވަނީ. ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 މިއަދު އިފްތިތާހުކޮށްފިއެވެ.

ނޭޝަނަލް ހެލްތު އެކައުންޓްސް އިފްތިތާހު ކޮށްދެއްވީ، ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ހާއްސަ ފްރޭމްވާކް އެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ނޭޝަނަލް ހެލްތް އެކައުންޓް 2015-17 އަކި ހެލްތް މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގުޅިގެން މިފަދަ ރިޕޯޓެއް ޝާއިއު ކުރާ ތިންވަނަ ފަހަރެވެ.

މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށްވުރެ ގިނައިން ހަރަދު ކޮށްފައިވެެއެވެ. އޭގެ ތެރޭގައި 77 ޕަސެންޓަކީ ސަރުކާރުން ސިއްހަތައް ކޮށްފައިވާ ހަރަދުތަކެވެ.

ސިއްހީ ހަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައިވާއިރު އެޑްމިޓް ކުރުމަށް ހޭދަވެފައިވަނީ 19 އިންސައްތައެވެ. މީގެ އިތުރުން 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައިވަނީ ސިއްހީ ދާއިރާއަށެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދިވެހި ރާއްޖެއެވެ.

މި ރިޕޯޓްގެ ހޯދުންތުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: