ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ޖަލްސާތަކެއް ބޭއްވިޔަސް ނިމިދިޔައީ އެންމެ އުފެއްދުންތެރިކަން މަދު ދައުރު: ޝިޔާމް

ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް" ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަކީ، އެންމެ އުފެއްދުންތެރިކަން މަދު ދައުރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ފުރަތަމަ ދައުރު މެމްބަރުން ގިނަ ވަގުތު މަޖިލީހުގައި ހޭދަކުރަން ޖެހުނަސް ރައްޔިތުންނަށް ފައިދާ ހުރި، އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

“ކޮންމެ ދުވަހަކު ޖަލްސާ ބާއްވާފައި އަޅުގަނޑުމެންނަށް މި އެނގެނީ، ރައްޔިތުންނަށް ގިނަ ވައުދުތަކެއް ކޮށްގެން އައި ސަރުކާރެއް މީ. އެ ވައުދުތައް ފުއްދޭނެ ގޮތަކަށް ނޫން މަޖިލިސް ތެރޭގައި ކަންތައްތައް ބައްޓަން ވެފައި މިހުރީ،” މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ނިމިދިޔަ މަޖިލިސް ދައުރުގައި ގިނަ ޖަލްސާތަކެއް ބޭއްވި ނަމަވެސް އުފެއްދުންތެރި މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ.

 

“ފުރަތަމަ ދައުރުގެ މިދިޔަ ޖަލްސާތަކަކީ، ވަރަށް އަންޕްރޮޑަކްޓިވްކޮށް ދިޔަ ޖަލްސާތަކެއް. ދައުރަކަށް ބަލާ ނަމަ، ޖަލްސާ ގިނަ ވިޔަސް، ހޭދަ ކުރި ވަގުތު ގިނަ ވިޔަސް، އެންމެ އުފެއްދުންތެރިކަން ނޫން ގޮތަކަށް ދިޔަ ދައުރެއް،” ޝިޔާމް ވިދާޅުވިއެވެ.

ދައުރުން ބޭރުން ޖަލްސާއަށް ބޭއްވުމަށް މާދަމާ މަޖިލީހުން ނިންމުމާއި ގުޅިގެން ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ އެއްބާރުލުން އެކަމަށް ދެއްވާނެ ކަމަށެވެ.

ޝިޔާމް މިގޮތަށް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ނިމިދިޔަ ދައުރާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ ދައުރަށް ދެއްވާނީ “ބީ ޕްލަސް” އެއް ކަމަށެވެ. ނިމިދިޔަ މަޖިލިސް ދައުރުގައި 47 ޖަލްސާ ވަނީ ބާއްވާފައެވެ. އަދި ދައުލަތުގެ އެކި ވަޒީރުން ވަނީ މަޖިލިހަށް ހާޒިރުކޮށް އެ ވުޒާރާއެއްގެ މަސައްކަތްތަކާއި ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މީގެ އިތުރުން ގައުމީ ސަލާމަތާއި ބެހޭ 241 ކޮމެޓީ ފިޔަވައި އެހެން ހުރިހާ ކޮމެޓީތަކުގެ މަސައްކަތް މީޑިއާތަކަށް ލައިވްކުރުމުގެ ފުރުސަރު މަޖިލީހުން ފަހިކޮށްދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: