ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް އަނެއްކާ ވެސް އެސްޓީއޯ

ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ވުމަށް އެސްޓީއޯ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އެކު ސޮއި ކުރަނީ: ފޮޓޯ ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ފަސް އަހަރަށްވެސް ޓޮޕް އެޗީވަރސް އެވޯޑްގެ ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) އިން އެޑިއުކޭޝަން މިނިސްޓްރީއާއެކު ބުދަ ދުވަހު ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒް އެވެ.

އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ. އެސްޓީއޯއިންވަނީ މަތީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސްއަހަރުވެސް ސްޕޮންސަރކޮށްފައެވެ.

މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯއިން ވިދިވިދިގެން ސްޕޮންސަރ ކުރާތާ މިއީ 10 ވަނަ އަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: