ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އިން ދަނީ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަމުން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އިން ދަނީ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަމުންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްެރެސްގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމެއްގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުނޑާލުން ކަމަށާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިއަދު އެމްޑީޕީއިން ކުރަމުންގެންދަނީ އެމަސައްކަތް ކަމަށެެވެ.

https://twitter.com/Banafsaa/status/1171730390454685696

އެފަދަ ކަންކަން އެމްޑީޕީއިން ކުރަމުންދަނީ ގަސްތުގައި ރާވާއިގެންކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ އެ ޕާޓީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

“ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ޤައުމު ފަޚުރުވެރިވުން ލާޒިމް ޚިދުމަތްތަކެއް ކޮށްދެމުންދާ ބައެއް. ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ޤައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާންވުމަށް ތައްޔާރުގައި ތިބޭ ބައެއް. މިކަމަށް ދިވެހި ތާރީޚު ހެކިދޭ.” އަދުރޭ ވިދާޅުވިއެވެ.

https://twitter.com/Banafsaa/status/1171731362652377091

އަދުރޭ އަކީ އެމްޑީޕީގެ އާންމު މެމްބަރުންގެ ނަފްރަތު ލިބިފައިވީ ބޭފުޅަކަށް ވިޔަސް އޭނާ އަކީ އަބަދުވެސް އެ ޕާޓީއަށް ފާޑު ކިޔުއްވަމުން އަންނަ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: