ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ރ.އަތޮޅަށް ވަޑައިގެންފި

ފޮޓޯ:ރައޯސް އޮފީސް..މީދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މާޅޮސްމަޑުލު އުތުރުބުރި ދެރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.

ރަައީސް ޞާލިހް ރ.އަތޮޅުގެ ދެރަށަކަށް ކުރެއްވާ އެ ޒިޔާރަތުގައި މިއަދު ވަނީ ރ. މީދޫ އަށް ވަޑައިގެންފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެމުން ވިދާޅުވީ އެ ދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ  ކަމަށެވެ.

މީދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށްޓަށެވެ. ރައީސް އަލިފުށީ ކައުުންސިލަރުންނާއި އަދި އިދާރާތަކުގެ އިސްވެރިންނާއި ބަައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަަމށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަލިފުށްޓަށް ރައީސުލްޖުމްރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: