ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019 ބާއްވައިފި

ކޯޓް އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޑީޖޭއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

“ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019” ރޭ ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ، މި ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އެވެ.

މި މަސައްކަތު ބައްދަލުވުމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް ދެ ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، 3 ސެޕްޓެންބަރު 2019 ގައި  ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާގުޅިގެން، އެ ޤާނޫނުގެ ދަށުން ކޮންމެ ކޯޓެއްގައި ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމު އުފެދި، އަދި ކޯޓު ތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔަކީ އެ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރ ކަމަށް ހަމަޖެހިގެން ދިއުމާގުޅިގެން، މިހާރު ކޯޓުތަކުގައި ބިތި ކޯޓު އެޑްމިނިސްޓްރޭޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަސައްކަތު ބައްދަލުވުމެކެވެ.

ކޯޓް އެޑްމިނިސްޓްރޭޓަރުންގެ ބައްދަލުވުމުގެ ތެރެއިން

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓު ތަކުގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ގެނެވުނު ބަދަލާ އެއްގޮތަށް ޝަރުޢީ ކޯޓުތަކުގެ އިދާރީ ހިންގުން ވިލަރެސްކޮށް، ކޯޓުތަކުގެ ހިންގުން އެއްގޮތްކޮށް، ހަރުދަނާކުރުމާއެކު ހުރިހާ ކޯޓުތަކެއްގައި ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކެއް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމާއެކު، ކޯޓުތައް ހިންގުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: