ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ފެއިލްވުމުން މަޖިލީހުގެ ދައުރެއް ނޯންނާނެ: މެމްބަރު ސައީދު

ފޮޓޯ:އަވަސް.. މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރެއް ފެއިލްވީމަ ދެން އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މާބޮޑު ދައުރެއް ނޯންނާނެ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށް ފަހުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސައީދު ވިދާޅުވީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތް ކުރައްވާ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެމްޑީޕީއަށް ސުޕަރ މެޖޯރިޓީއެެއް ލިބި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަތުގައި ހުރިހާ ބާރެއް އޮންނަ އިރުވެސް އެއްވެސް ކަމެއް ނުހިނގާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވުޒާރާތަކުގެ ވަޒީރުން ހާޒިރުކުރަންޖެހެނީ ވުޒާރާތަކުގެ މަސައްކަތް ކުރިއަށްދާ ދުވެލި ލަސްކަމުން ކަމަށެވެ.

މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާތީ ރައްޔިތުންގެ ޝަކުވާ ދަނީ ކެނޑިނޭޅި މަޖިލިސް މެމްބަރުންނަށް ހުށަހެޅުމުން ކަަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. ރައީސް ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ބަންދު ދުވަސްތައް ނުލައި ގުނުމުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ތެރެއިންވެސް ފާޑު ކިޔުން އަމާޒުވިކަމަށް މެމްބަރު ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރައީސް ޞާލިހަށް ވެރިކަމުގެ ދައުރަކަށް 5 އަހަރު ދުވަސް ގިނަ ވަނީ އެއްވެސް ކަމެއް ކުރަން ނެތީމަތޯ ވިދާޅުވެ ސުވާލުއުފައްދާފައެވެ. ސައީދު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްތަކުގެ ވާހަކަ ދައްކަން އަދި ރައީސް ޞާލިހްގެ ސަރުކާރުން ކުފޫ ހަަމަނުވާކަމަށެވެ.

ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުން އެ މެމްބަރުން ދަނީ ގާނޫނުތަަކަށް އިސްލާހު ގެނެސް އާ ގާނޫނުތައް ވެސް ފާސްކުރަމުން ކަމަށާއި އަދި ސަރުކާރު ނުހިނގާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ މެމްބަރުން ތިއްބެވީ ކަންބޮޑުވެލައްވާފަ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ރައްޔިތުން ސަރުކާރެއް ގެންނަނީ ދެ ދުވަހުން އެއްދުވަހު ކަރަންޓްގެ މައްސަލަ ޖެހި މަޝްރޫއުތައް އެހާ ލަސްކޮށް ކުރިއަށް ގެންދިއުމަށް ނޫން ކަމަށާއި، ރައީސް ޞާލިހްގެ ސަރުކާރު ނުހިނގައޭ ބުނަނީ ނުހިނގާތީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިދިޔަ ހަފްތާގައި އދ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރެއްފުޅެއް ކަމަށާއި، އެ ދަތުރުފުޅުންވެސް ރައީސް ޔާމީނަށް ރައްޔިތުން ކުރައްވާ ތާއީދު ފެނިގެންދިޔަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: