ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާބަރު ފުޑްކޯޓުން ދެ ޔުނިޓެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފި

ފޮޓޯ: ސަން އޮންލައިން/ ފަޔާޒް މޫސާ --- ހާބަރު ފުޑް ކޯޓުގެ ޔުނިޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ހާބަރު ފުޑް ކޯޓުތަކުގެ ތެރެއިން ހިދުމަތް ނުދީ ހުރި ދެ ޔުނިޓަކަށް ބިޑް ހުށަހެޅުމަށް އެސްޓީއޯއިން ހުޅުވާލައިފިއެވެ.

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ހަދާފައި ފުޑް ކޯޓްތައް ރާވެރިބޭ ކޮއްތުވެނިގެ ނަމުގައި ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގައެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހެދީ ތިން ސައިޒެއްގެ ކެފޭތަކެކެވެ.

އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1226 އަކަފޫޓު އަދި 1،760 އަކަފޫޓުގެ ކެފޭތަކެވެ.

ފުޑް ކޯޓުގައި ހިދުމަތް ދިނުން ހުއްޓާލާފައިވާ ތިން ޔުނިޓެއް ހުރިއިރު އެތަނާއި ބެހޭ މައުލޫމާތު ހިއްސާކޮށް އެސްޓީއޯއިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޔުނިޓަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށެވެ. ކުއްޔަށް ދޫކުރަނީ ފުޑް ކޯޓުތައް ހުރި އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 20 އާއި ޔުނިޓް ނަމްބަރު 26 އެވެ. މި ދެ ޔުނިޓަކީވެސް 960 ޖާގައިގެ ތަނެކެވެ.

ފުޑް ކޯޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ. އެސްޓީއޯ އިން ބުނީ ޕްރޮޕޯޒަލް ހުށަހަޅާއިރު، އަގު ހުށަހަޅަންވާނީ އަކަފޫޓަކަށް އެންމެ ކުޑަ ރޭޓު 53 ރުފިޔާ ނުވަތަ އެއަށްވާ ޑޮލަރުގެ ރޭޓުން ކަމަށެވެ.

ބިޑް ކާމިޔާބުކޮށް އެތަނުގައި ފުޑް ކޯޓުތައް ހިންގާ ފަރާތްތަކުން އަމަލު ކުރަންޖެހޭ ބައެއް އުސޫލުތަކާއި ޝަރުތުތަކެއްވެސް އޮވެއެވެ.

މީގެ އިތުރުން ފުޑް ކޯޓަކީ މުޅިން ހުޅުވާލައިފައި އޮންނަ ތަނަކަށް ވާތީ އެތަނުގައި ދުންފަތުގެ އިސްތިއުމާލްކުރަން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން އެކަމަކަށް ހުއްދައެއް ނޯވެއެވެ.

އެ ގާނޫނުގައިވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލް ކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރު ނުކުރާ ގޮތަށް ހާއްސަކޮށްފައި ހުންނަ ވަކި ބައެއްގައެވެ.

މަޝްހޫރު ކަޑަ ތައް ހުރި ސަރަހައްދު ހުސްކޮށް މި ތަނުގައި ޒަމާނީ ފުޑް ކޯޓު ތަކެއް ހަދާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދި މިތަން ހަދާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފުޑް ކޯޓުތައް ހުންނަ ޑިޒައިނަށެވެ.

ފުޑް ކޯޓުތައް ކުއްޔަށް ނަގާ ފަރާތްތަކަށް، އެތަނަށް އެއްވެސް ބަދަލެއް ގެނެވޭނީ އެސްޓީއޯގެ ހުއްދަ ލިބިގެން ކަމަށާއި ފުޑްކޯޓުތަކުގައި ބޭނުންކުރާނެ ގޮނޑި މޭޒު ފަދަ ތަކެތި ދޭނީ އެސްޓީއޯ އިން ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހަލާކުވާ ގޮނޑި، މޭޒު ފަދަ ތަކެތި ބަދަލު ކުރުމަށް ކުއްޔަށް ނަގާ ފަރާތުން ދައްކާ ސެކިއުރިޓީ ފައިސާ ބޭނުން ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުންޏެވެ.

ޔުނިޓު ކުއްޔަށް ދޫކުރާނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި ކުއްޔަށް ދޫކުރާތާ އެއް މަސްތެރޭ ހިދުމަތް ފަށަންވާނެ ކަމަށް އެސްޓީއޯގެ އިއުލާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: