ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކުރުމަކީ ފުރާނައަށް ގެއްލުން ލިބިދާނެ ކަމެއް – މަހުލޫފް

ފޮޓޯ.. ދައެޑިޝން ( މަހްލޫފް ނޫސްވެރިންނާއި ވާހަކަދައްކަވަނީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކުރުމަކީ، އެތަނުގެ ބޭނުންކުރާ ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް ޔޫތް މިނިސްޓަރ، އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވެފައި ވަނީ،  ގަލޮޅު ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ  ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު ބެލުމަށް، ބަންދުކޮށްފައިވާ ސިޑިބަރިތައް ހުޅުވާލަން މަސައްކަތް ކުރެއްވުމަށް، ކްލަބު ގްރީން ސްޓްރީޓްގެ ކޯޗު  އަލީ ސުޒޭން އެދިވަޑައިގަތުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. 

މަހުލޫފް އާއި އެމްއޭއެމްގެ ރައީސް، ބައްސާމްގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ އެކައުންޓު ޓެގުކޮށް ސުޒޭން ރޭ ކުރި ޓްވީޓުގައި ބުނެފައިވަނީ، ކަމާއި ބެހޭ ތަޖުރިބާކާރުންނާއި މަޝްވަރާކޮށް ސާވޭކޮށްގެން ނަމަވެސް، ބަންދުކޮށްފައިވަ ސިޑިބަރިތައް ހުޅުވާލަން މަސައްކަތްކުރެއްވުން މުހިއްމު ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ، މަހުލޫފް ވިދާޅުވީ، ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުން ނުކުރުމަށް ޕްލޭނިންގް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެތަން ބޭނުން ކުރުމަށް ހުއްދަ ދެވެން ނެތް ކަމަށާއި، ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއްގައި ހުއްދަ ދެވެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ މެޗް ބައްލަވާލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގަންނަވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: