ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ނުދެއްވާ މައުލޫމާތެއް ދެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވީ ކީއްވެ؟

ފޮޓޯ: އަވަސް އޮންލައިން --- ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުލާމާލުވާކަމަށް ބުނެ ވާހަކަފުޅުދައްކަވާތީ ފުލުހުންގެ ތެރެއިން ބަޔަކު ފާރަލަމުން އަންނަކަން، އެމްއެންޑީއެފުން އަންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ރިޝްވާން ގެއްލުވާލުމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދު އެ ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރު ގެނައީ ވޭތުވެ ދިޔަ ފަނަރަވަރަކަށް އަހަރުގެ ތެރޭގައި ހިނގާފައިވާ 26 ޖިނާއީ މައްލައެއް ބަލާ، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ރިޟްވާންގެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް އަރުވާފައިވާއިރު އެމަނިކުފާނު ގައުމީ މަޖިލީހުގައި ވިދާޅުވެފައިވަނީ، ރިޟްވާންގެ މައްސަލަ އޮޅުވާލުމަށް ބަޔަކު ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަމުން އައި ބަޔަކު ރިޟްވާންގެ ފޯނުކޯލުތައްވެސް އަޑުއަހަމުން އައިކަމަށް ރައީސް ނަޝީދު ވިދާޅުވި. މައްސަލަ އޮޅުވާލުމަށް ކުރި މަސައްކަތުގެ ތެރެއިން ރިޟްވާންގެ ޕާސްޕޯޓު ކޮޕީއެއް ހޯދާ އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަމަށް ދައްކަން ބަޔަކު އުޅުނުކަމަށާއި، ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް ގޮވާލާ އެއް ސަބަބަކީވެސް އެއީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ފޮޓޯ: ސޯޝަލް މީޑިއާ — ރިޟްވާންގެ މައްސަލައިގެ ރިޕޯޓުގައި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވީކަމަށްބުނެފައިވޭ

އެހެން ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅޭގޮތުން ފުލުހުންނާއި އެމްއެންޑިއެފްއިންވެސް ވަނީ ބަޔާނެއް ނެރެފައިއެވެ.

ރައީސް ނަޝީދަށް ފާރަލަމުންދާ ކަމަށް އަންގާފައި ނުވާނެކަމަށް ބުނެ އެމްއެންޑީއެފްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން އެ މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ތްރެޓު ވަޒަން ކުރުމަށްފަހު އޭގަ މައްޗަށް ބަލައިގެންކަމަށެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ މުއައްސަސާއަށް ރައީސް ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް ފާހަގަވެފައި ނުވާކަމަށާއި އެކަމުގެ މައްސަލައެއް ވެސް އެ އިދާރާއަށް ހުށަހެޅިފައި ނުވާކަމަށް އެ ބަޔާނުގައިވެއެވެ.

ގާނޫނީ ގޮތުން ސެކިއުރިޓީ ބަލަހައްޓަން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރީޓީ އާއި ގުޅޭގޮތުން އެމްއެންޑީއެފާއި ވާހަކަ ދައްކަމުން ދާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެމްއެންޑީއެފްއިންވެސް ވަނީ މީހަކަށް ނުރައްކަލެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ވާހަކައެއް ދެކެވޭނަމަ ސިފައިން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ބުނެފައިއެވެ. 

ފޮޓޯ: ސޯޝަލް މީޑިއާ — ކޮމީޝަންގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަރުވަނީ

ރައީސް ނަޝީދު ވިދާޅުވީ އިންސާފު ހޯދުމަށް އެމަނިކުފާނު އަބަދުވެސް ވާހަކަ ދައްކަވާނެކަމަށެވެ. އަދި އެ ވާހަކަތައް ދައްކަވާތީ ފުލުހުންގެ ތެރެއިން ބަޔަކު އެމަނިކުފާނަށް ފާރަލަމުން އަންނަކަމަށެވެ.

މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަނެއްވެސް އެކުލަވާލަން ޖެހުނީ ސަބަބުތަކާއި ގުޅިގެން ކަމަށާއި، ރިޕޯޓުގައި ބުނެފައި އެވާ ފުލުހުންނާއި ސިފައިންގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންޓެލިޖެންސް ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންނަށް ސިޓީއެއް ވެސް ފޮނުވާފައެއްވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އެދިވަޑައިގެންނެވިނަމަވެސް ފުލުހުން ބުނެފައިވަނީ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށް. ރައީސް ނަޝީދު ވަނީ ގައުމީ މަޖިލީހުގެ އެ ބައްދަލުވުމުގައިވެސް، ފުލުހުންގެ ބަޔާނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: