ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

47 މީޓަރސް ޑައުން – ބޮކްސް އޮފީހުގައި ކާމިޔާބު!

ފޮޓޯ.. މީސްމީޑިއާ ( 47 މީޓަރސް ޑައުންގެ ޓްރެއިލަރގެ ތެރެއިން)
ޝެއާރކޮށްލާ ކަހަލަދޯ؟

 

ބޮޑެތި އުންމީދުތަކާއި އެކު ސްކްރީނަށް އައި 47 މީޓަރސް ޑައިން އަންކޭޖްްޑްއިން ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބިއެއް ހޯދައިފިއެވެ.

އެހެންނަމަވެސް މި ފިލްމަށް ކްރިޓިކްސްގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ. 

އެ ފިލްމަށް 62 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

2017 ވަނަ އަަހަރުގެ ފިލްމް ފޯރޓީ ސެވެން މީޓަރސް ޑައުންގެ ސީކުއެލް، ފޯރޓީ ސެވެން މީޓަރސް ޑައުން އަންކޭޖްޑްގެ ޓްރެއިލަރ އާއި އެކު ފިލްމަށް ކުރި އިންތިޒާރާއި، ފޭނުންގެ އުންމީދު ފުރިހަމަކޮށްދޭން އެ ފިލްމް ވަނީ ނުކުޅެދިފައެވެ.

މި ފިލްމަކީ ސަރވައިވަލް ހޮރޯ ފިލްމެކެވެ.

މި ފިލްމް ރިލީޒްކުރީ   16 އޮގަސްޓް 2019 އިގައެވެ.

މި ފިލްމުން ފެންނަ ތަރިންގެ ތެރޭގައި ސޯފީ ނެލިސީ، ކޮރައިން ފޮކްސް، ބްރައިން ޓީޖޫ، ސިސްޓައިން ސްޓެލޯން، ޑޭވީ ސަންޓޮސް، ކައިލިން ރާމްބޯ، ބްރެކް ބަސިންގަރ އަދި ޖޯން ކޮބަރޓް ފަދަ ތަރިން ފާހަގަކޮށްލެވެއެވެ.

ފިލްމުން ފެނިގެންދާނީ ފުރާވަރުގެ 4 އަންހެން ކުއްޖަކު ސްކޫބަރ ޑައިވިން އަށް ގޮސް އުޅެނިކޮށް ދިމާވާ ހާދިސާއެކެވެ.

އެ 4 ކުދިން ސްކޫބާޑައިވިން އަށް ދަނީ، ކަނޑު އަޑިއަށް ފެތިފައިވާ އާސާރީ ޝަހަރެއް އޮތް ސަރަހައްދަކަށެވެ.

މަޖާކުރުމުގެ ގޮތުން އެ ހަތަރު ކުދިން ފަށާ ދަތުރު ބިރުވެރިކަމަކަށް ބަދަލުވަނީ އެ ހިސާބުގައި ތިބީ އެ ކުދިން އެކަނި ނޫންކަން އެނގޭ ހިސާބުނުންނެވެ.

އެ ސަރަހައްދަކީ ނުރައްކާތެރި މިޔަރު އުޅޭ މާހައުލެއްކަން އެނގި، ބިރުވެރިކަމެއްގެ ތެރޭގައި ތާށިވެފައި ތިބޭ މަންޒަރު މި ފިލްމުން ދައްކުވައިދޭނެއެވެ.

މި ފިލްމަކީ މިއީ ޖޯހަނަސް ރޮބަރޓްސް ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ޖޭމްސް ހެރިސް، މާރކް ލެން އަދި ރޮބަރޓް ޖޯންސް ފާހަގަކޮށްލެވެއެވެ.

ފިލްމްގެ ސްކްރީން ޕްލޭ ތައްޔާރު ކުރީ ޖޯހަނަސް ރޮބަރޓްސް އާއި އަރނެސްޓް ރިއެރަރ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: