ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 އަހަރު ދުވަހު ރައީސް ޔާމީނަށް ނުލެވުނު “ހަޅޭއް” އެމްޑީޕީއިން ރައީސް ސޯލިހުއަށް އެބަ ލަވާ؟

ރައީސް ސޯލިހު އާއި ރައީސް ނަޝީދު ހަފްލާއެއްގެ ތެރެއިން. ފޮޓޯ:މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ތެރޭގެ ކޯޅުމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއިން ފައްކާކުރަން ބޭނުންވި “އަނބު” ފައްކާ ނުކުރެވިދިޔައީ އެކަމަށް އޭރުގެ ސަރުކާރުން ތަންނުދިނުމުންނެވެ. އޭގެ ބަދަލުގައި މުޑުވަށްކޮށްގެން އަނބުގަހެއް އިންދައި އެޅި “އަނބު” މިވަނީ ފައްކާކޮށްފައެވެ.

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިއީ އާންމުން ދައްކާ ވާހަކައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވެރިކަމަށް ކުރިމަތިލެއްވޭނެ ގޮތެއް ނުވުމުން ރައީސް އިބްރާހީމް މުހައްމަދުު ސާލިހު އަށް ވެރިކަމުގެ ކޯޓު ހެޔޮވަރު ކުރި ގޮތުގެ ވާހަކައެވެ.  2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދުވަސް ކައިރިވި އިރުވެސް އެމްޑީޕީއިން ނަން ހުށަހަޅަން ބޭނުންވީ ރައީސް ނަޝީދުގެ ންނަފުޅެވެ. އެމަނިކުފާނު އޭރު ހުންނެވީ ޓެރަރިޒމްގެ ކުށް ސާބިތުވެ ޖަލުހުކުމެއްގައެވެ. ނަމަވެސް އެދުވަހު އެމްޑީޕީއިން ކޮންމެހެން ހަދާފައިވެސް ވެރިކަމަށް އަންނަ ބޭނުންވިއެވެ. ހަމަ އެންމެ މަޤުސަދެއްގައެވެ. ރައީސް ނަޝީދު ޖަލުހުކުމުން ސަލާމަތް ކުރުމަށެވެ.

އެ އަމާޒުގައި އެކުވެރި ރަޙުމަތްތެރިިޔާއަށް ވެރިކަން ހަވާލުކުރެއްވީ އިތުބާރާއިއެކުއެވެ. ގައިން ދާއޮހޮރުވައިގެން ކުރި އެމަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވީ އެކުވެރި ރަޙުމަތްތެރިޔާ އިބްރާޙިމް މުޙައްމަދު ސޯލިހުއެވެ.

މިހާހިސާބުން ދެން ކުޑަ ތަންކޮޅެއް ފަހަތަށް ޖެހިލާނަނަމެވެ. އިންތިޚާބާއި ދިމާކޮށް ޕާޓީތަކުން ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީއިން އިބްރާހިމް މުޙައްމަދު ސާލިހުގެ ނަންފުޅު ހުށަހެޅުމާއިއެކު ގިނަ ބަޔަކު އެވާހަ ދައްކަން ފެށިއެވެ. ޚާއްސަކޮށް އެމަނިކުފާނާއި މެދު އެމްޑީޕީގެ ތެރެއިން ގިނަ ބައެއްގެ ޚިޔާލު ތަފާތުވެގެން ދިޔައެވެ.

ވެރިކަމަށް ގެނައުމަށް އެންމެ ކުފޫ ހަމާ ބޭފުޅާ ކަމާއި މެދު ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނަކީ ނުކިިޔަވާ ހުންނެވި ތަންދޮރު ނުދަންނަ ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެކެވުނެވެ. ނުކިޔަވާ އިބޫ އަކީ ޚުދު އެމްޑީޕީ ތެރެއިން އުފެދިގެން އައި ނަމެކެވެ.

އެދުވަސްވަރު މުޅި މީސް މީޑިއާގައި އެމަނިކުފާނާއި މެދު އާންމުން ގޮތް ނިންމާ ތަފާތު ގޮތް ގޮތަށް ވަނީ ހަނގާ ކޮށްފައެވެ. މިއީވެސް އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. މިއީ ހަމަ އެއް ބައިގަނޑެއްގެ ތެރޭގައި ދެކެވެމުން ދިޔަ ވާހަކަތަކެވެ.

އިދިކޮޅު ޕީޕީއެމްއިން ވެރިކަމަށް އައުމަށް ހެސްކިޔާފަ ކެމްޕެއިން ޖެއްސިއިރު އެމްޑީޕީ އޮތީ ދެފަޅިއަށް ފަޅިވެފައެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުގެ ނަން ކަރުދާހުގައި އޮންނާނެކަން އިއުލާނު ކުރި ހިސާބުން ފެށިގެން އެތެރޭގެ ކޯޅުންގަނޑު ފޮނިތޮއްޓާއި ކާފޫރު ތޮޅި ރަނަގަޅަށް އެޅުމަށްފަހު ރަސްމީކޮށް ފެށުނެވެ.

ވެރިކަމަށް ރައީސް ސޯލިހު ވަޑައިގެންނެވީ އޮމާން މަގެއްގައި ހިންގަވާފައެއްނޫނެވެ. ވެރިކަމުގައި މިވީ ނުވަ މަސް ދުވަސް ތެރޭގައި އެމަނިކުފާނު ވަނީ ތަފާތު ގޮތް ގޮތުން އަމާޒުކުރި އިހާނެތި ބަސްތަކަށް ހިނިތުންވުމާއިއެކު ޖަވާބު ދެއްވާފައެވެ. ތިމާގެ އެކުވެރިންނާއި އަމިއްލަ ޕާޓީގެ ތެރެއިން ބަހުގެ ހަމާލާތައް އައުމަކީ އިހުސާސް ކޮށްލަން ވެސް ނޭނގޭ ވަރުގެ ހިތްދަތިކަމެއްކަން ޔަޤީނެވެ. ނަމަވެސް އެހުރިހައި އަޑިގުޑަން ތަކަކާއި ކުރިމަތިލެއްވީ ސާބިތު ކަމާއި އެކުގައެވެ.

މިއަދާ ހަމައަށްވެސް މި ކޯޅުން ގަނޑު ދެމިގެން އައިއިރު ދެ އަހަރު ދުވަހުގެ ފިއްތުންތަށް ފަޅައިގެން ދިޔައީ ސޯޝަލް މީޑިއާގައެވެ. ރައީސް ސާލިހު އެއްބަނޑު އެއްބަފާ ދައްތަ އައިޝަތު މުޙައްމަދު ސާލިހުއާއި އެމަނިކުފާނުގެ ކޮށްކޯފުޅެއް ވަނީ ޓުވިޓާތެރޭގައި ހިތުގައި ހުރި އުދާސްތަށް ކުނި ވެފައި ހުރި ގަރުދިޔަ ތެއްޔެއް ބަންޑުން ކޮށްލާ ފަދައިން އެކީ ބަނޑުން ކޮށްލައްވާފައެވެ. ރައީސްގެ ކޮށްކޯފުޅެއް ކޮށްފައިވާ ޓުވީޓުގައި މިއޮއްހާ ދުވަހު ރައީސް ސާލިހުއަށް ކިޔަމުން އައި ފާޑުކިޔުންތަކަށް ވަނީ ރައްދު ދެއްވާފައެވެ. ނުކިޔާވާ ހުންނެވި ރާއްޖެތެރޭ ބޭފުޅަކު ކަމަށް ބުނަ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމުން ކީ ހުރިހާ ހަޅޭކެއްގެ ޖަވާބު ވަނީ ދެއްވާފައެވެ.

އެ ޓުވީޓުގައި، ރާއްޖޭގައި ވެރިކަން ކުރަންޖެހެނީ އާއިލާއިން ކިޔަވައިދީގެން ތިބި މީހުންތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ. ރައީސް ސާލިހުގެ ކެންޑިޑެންސީ ލިބުނީއްސުރެ އަމިއްލަ ޕާޓީއިން އެކަން ހުއްޓާނުލާ ނުބައި ރޯލް ކުޅޭ ބައިގަނޑެއް އެބައުޅޭ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ދިމާލަށް ފަސް އަހަރުތެރޭ އެމްޑީޕީއިން ނުލަވާ ހަޅޭ ރައީސް ސާލިހުއަށް އަމާޒުކޮށް އެ ބައިގަނޑު ލަވާފައިވާ ކަމަށް އޭނާގެ ޓުވީޓުގައި ވެއެވެ.

https://twitter.com/Mayan_17/status/1170576645708664832

އެ ޓުވީޓު ރީޓުވީޓު ކުރައްވާ، ރައީސް ސާލިހުގެ އެއްބަނޑު އެއްބަފާ ދައްތާފުޅު ވަނީ އެކަމަނާ ސިފަކުރައްވާ އެމްޑީޕީގެ “ބައިގަނޑަށް” ހޫނު ރައްދެއް ދެއްވާފައެވެ. އެކަމަނާގެ ޓުވީޓުގައި ވިދާޅުވީ މޮޅަށް ކިޔަވާފައި ތިބި މީހުންގެ އާއިލާ މީހުން ނުކިޔަވާ ހުރި މީހާގެ ދަށުގައި ވަޒީފާ އަދާ ކުރާތީ ލަދުނުގަންނަ ބާއޭ ހިތްޕުޅަށް އަރައި ވަޑައިގަންނަވާ ކަމަށެވެ.

https://twitter.com/AsthuSolih/status/1170616743057711106

އެ ދެ ކަނބަލުންވެސް ވަނީ އެއްޗެއް ނުބުނެ ލައްކަ ދުވަހު ކެއްކޮށްފިން ކަމަށާއި ނަމަވެސް ކަންކަން މިހާރު މާބޮޑަށް ޒާތީވެ ހައްދުފަހަނައަޅައިގެން ގޮސްފި ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

މި ދެ ޓުވީޓުންވެސް އެނގި ހާމަވާ އެއް ކަމަކީ ރައީސް ސާލިހްގެ ސިޔާސީ ޝަޚުސު ކަތިލަނީ އެމްޑީޕީގެ ތެރެއިން ކަމެވެ. ޚާއްސަކޮށް އެމްޑީޕީގެ ލީޑަރޝިޕްގެ ތެރެއިންކަމެވެ. ވެރިކަމާއި ހިސާބުން ތިމާގެ އެކުވެރިންނާއި ގާތް ތިމާގެ މީހުންނަށްވެސް ހަސަދަލުމީ އެމްޑީޕީގެ ތެރޭގައި އޮންނަ ސަގާފަތެކެވެ.

އެމްޑީޕީގެ މިސްރާބު ހުންނަނީ ރައީސް ނަޝީދު ހުންނަވާ ދިމާލަށޭ، މިއީ ޕާޓީ ސިސްޓަމް ރާއްޖެ ތައާރަފްވި ހިސާބުން ފެށިގެން މީހުން ދައްކާ ވާހަކައެކެވެ. ރައީސް ނަޝީދުއަށް މަޖިލީހުގެ ރައީސްކަން ލިބުނު ހިސާބުން މިކޯޅުން ގަނޑު އިތުރަށް ހޫނުވެ ދެ ފެކްޝަންތެރޭގައި ތަޅާފޮޅުން ވަނީ ވަރުގަދަވެފައެވެ. ޤައުމު ހިންގަނީ ރައީސް ސާލިހުގެ ބަދަލުގައި މަޖިލީހުގެ ތެރެއިންނޭވެސް މީހުން ބުނެއުޅެއެވެ.

ކޮންމެއަކަސް މިހުރިހައި ފިއްތުންތަކެއްގެ ތެރޭގައިވެސް ރައީސް ސާލިހު ވަނީ ސާބިތުކަން ދައްކަވާފައެވެ. ބަޔަކު ކިޔާހާ އެއްޗަކަށް ވުރެ ހަވާލުކުރެވިފައިވާ ޒިންމާ އަދާކުރުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން އެކަމަނިކުފާނު އެގެންދަވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަމުންނެވެ.

ކޮންމެއަކަސް އެމްޑީޕީގެ ތެރެއިން ރައީސް ސާލިހުއާއި ދެކޮޅަށް އަމްރިޝް ޕޫރީގެ ރޯލު ކުޅޭ މީހުން ބޭރުކުރަން ވެއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: