ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް!

ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ހުސްވެފައިވާ ނައިބް ރައީސް ކަމުގެ މަގާމަށް ފެނަކައިގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރ މުހައްމަދު ނިމާލް އައްޔަންކޮށްފިއެވެ.

ނިމާލް އައްޔަންކޮށްފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

https://twitter.com/SpokespersonPnc/status/1171026312883867651

ކޮންގްރެސްގެ ނާއިބް ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވީ، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ނަމަވެސް އޭނާ ވަނީ މަގާމާއި އެޕާޓީގެ މެންބަރުކަމުން ވެސް ވަކިވެވަޑައިގެން، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެެވެ.

ކޮންގްރެސްއިން މިއަދު ބުނީ ނިހާން ކުރިން ހުންނެވި މަގާމަށް، ނިމާލް އިންތިޚާބުކޮށްފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލްވުމުގައި ކަމަށެވެ.

ނިމާލް ވިދާޅުވީ ޕީއެންސީގެ ނާއިބު ރައީސްކަމުގެ މަގާމަށް އިންތިޚާބު ކޮށްދެއްވީތީ ކައުންސިލް މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: