ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން ފާރަލަމުން ދާކަމަށް ވިދާޅުވެ ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް؟

ފޮޓޯ: ސަން އޮންލައިން --- ރައީސް ނަޝީދު ވިދާޅުވި ވާހަކަ އެމްއެންޑީއެފާއި ފުލުުހުންވެސް ދޮގުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް އަންގާފައި ނުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުން ފާރަލަމުންދާކަމަށް މީގެ ތިން ރޭ ކުރިން އެ މަނިކުފާނަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށާއި އެކަން ފުލުހުން ވެސް އަދި ފުލުސް އޮފީހުން ވެސް ކޮށްފާނެ ކަމަށެވެ. ސެކިއުރިޓީ ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ފުލުހުންގެ އިދާރާއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި އެގޮތުން އެ މަސައްކަތް ކުރަނީ އެއިރެއްގައި އެ ބޭފުޅަކަށް އޮތް ތްރެޓު ވަޒަން ކުރުމަށްފަހު އޭގަ މައްޗަށް ބަލައިގެންކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

 

“މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މި ނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިފައި ނުވޭ” އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވުމާއި ގުޅިގެން ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ މުއައްސަސާއަށް ރައީސް ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް ފާހަގަވެފައި ނުވާކަމަށާއި އެކަމުގެ މައްސަލައެއް ވެސް އެ އިދާރާއަށް ހުށަހެޅިފައި ނުވާކަމަށް ބަޔާނުގައި ވެއެވެ. ގާނޫނީ ގޮތުން ސެކިއުރިޓީ ބަލަހައްޓަން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރީޓީ އާއި ގުޅޭގޮތުން އެމްއެންޑީއެފާއި ވާހަކަ ދައްކަމުން ދާނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެމްއެންޑީއެފްއިންވެސް ވަނީ މީހަކަށް ނުރައްކަލެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ވާހަކައެއް ދެކެވޭނަމަ ސިފައިން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ބުނެފައެވެ.

” ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން” އެމްއެންޑީއެފްގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތަކެއް ދިވެހި ފުލުހުންގެ އިދާރާއަށް އަމާޒު ކުރައްވައި  ދެއްކެވި ވާހަކަފުޅު؛

“އަޅުގަނޑު ގާތުގައި އެމްއެންޑީއެފުން ބުނި މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. ނަމަވެސް އަޅުގަނޑު މިހުރީ އެ ވާހަކަ ދެއްކުން ހުއްޓާލާ ގޮތަކަށް ނޫން” ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: