ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ގެއްލުން ދިނިމުގެ ފުރުސަތު ފުލުހުންނަށް ނުދޭނަން: ރައީސް ނަޝީދު

ފޮޓޯ: އިންޑިއަން ފޯލްކް --- ރައީސް ނަޝީދު ވަނީ ސަރުކާރަށް ގެއްލުން ދިނުމުގެ ފުރުސަތުފުލުހުންނަށް ނުދެއްވާނެކަމަށް
ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ފުރޮޅިގެން އައީ ފުލުހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ކަމަށާއި، އަނެއްކާވެސް ނުކިޔަމަންތެރިކަން ދައްކާ ސަރުކާރަށް ގެއްލުން ދިނުމުގެ އެއްވެސް ފުރުސަތެއް ފުލުހުންނަށް ދީގެން ނުވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމުގެ ހާދިސާ ތަހުގީގު ކުރުމުގެ ތެރެއިން، އިންޓެލިޖެންސްގެ ދެ ފުލުހަކު ރިޟްވާންގެ ތަހުގީގު އޮޅުވާލައި އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާކަމަށް މަރުކަތާއި ބެހޭ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވުމުން ރައީސް ނަޝީދު ގެންދަވަނީ ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެ ދެ ފުލުހުން ރިޟްވާންގެ ފޯނު ކޯލުތައް އަޑުއަހާ އޭނާއަށް ފާރަވެސް ލާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވާއިރު ރައިސް ނަޝީދު ވަނީ އެ ދެ މީހުންވެސް ވަޒީފާއިން ވަކި ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.

އިންޓެލިޖެންސް ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވީނަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފުރޮޅިގެން ދިޔައީ ފުލުހުންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ކަމަށެވެ.

ހައްދުފަހަނައަޅާ އެމީހުންގެ އިހުތިޖާޖުގައި ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމުގެ އެއްވެސް އިންތިޒާމަކަށް މިޕާޓީން ފުރުސަތު ދީގެން ނުވާނެ. ހަމަގައިމުވެސް އަޅުގަނޑެއް ނުދޭނަން” ރައީސް ނަޝީދު ވިދާޅުވިއެވެ”

އަނެއްކާވެސް އެ މަންޒަރު ތަކުރާރުވާކަށް ނޭދޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ މުއައްސަސާ ހައްދުފަހަނަޅައި ދާނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ސަރުކާރަށް ކަމަށެވެ. މަރުތަކުގެ ހަގީގަތް ހޯދުމަށްޓަކައި ކޮމިޝަން އެކަނި ބާރުވެރިކޮށްގެން އަދި ނުފުދޭ ކަމަށާއި އެއާއި އެކު ފުލުހުންގެ އިދާރާވެސް ހަރުދަނާ ވާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަކީ ފުލުސް އޮފީސްކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރާ ވަރަށް ފުލުސް އޮފީސް އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ވެގެން ނުދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ގައުމީ މަޖިލިސްގެ މެމްބަރުންގެ ކިބައިން ނަަޝީދު އެދިވަޑައިގެންނެވީ ފުލުހުންގެ މުއައްސަސާގެ އިސްލާހަށް ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. ފުލުހުންގެ މުއައްސަސާ މިހާރު އޮތް ހާލަތުން ރިޔާސީ ކޮމިޝަނުން، ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން އުނދަގޫވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. 

” މަރުތަކުގެ ހަގީގަތް ހޯދުމަށް ހަމައެކަނި ކޮމީޝަން ބާރުވެރިކޮށްގެން ނުވާނެ، އެކަން ކުރުމަށް ފުލުސް އޮފީސްވެސް ހަރުދަނާ ވާންޖެހޭ. އެމީހުން ރަނގަޅު ތަހުގީގެއް ހިންގަންޖެހޭ. ރަނގަޅު އެއްބާރުލުމެއް ވެސް ދޭންޖެހޭނެ. މީހެއްގެ މައްޗަށް ބަންދުގެ އަމުރެއް ހޯދަން ޖެހިއްޖެނަމަ އެކަންވެސް ކުރަންޖެހޭނެ، އަދި އެ އަމުރު ހޯދައި އޭގައި ވާ ގޮތަށް އަމަލުވެސް ކުރަންޖެހޭނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަންޖެހޭކަމަށް ތަކުރާރު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ނުކިޔަމަންތެރިކަން ދައްކައި މި ރާއްޖޭގެ ވެރިކަން އަބަދުމެ ބަދަލު ކުރެވިގެންދާނެކަމަށް ދެކޭ ފުލުހުން އެ މުއައްސަސާގައި ތިބިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: