ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “ތިބާ ސައިކޮލޮޖީ” ކުލިނިކު ހުޅުއްވައިދެއްވައިފި

ފޮޓޯ.. ސަންގު( ރައީސްގެ އަނބިކަނބަލުން ތިބާ ސައިކޮލޮޖީގެ ބައެއް ފަރާތްތަކާއި އެކު)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު “ތިބާ ސައިކޮލޮޖީ” ކުލިނިކް ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

މާފަންނު ފްލެމިންގޯ ގޭގައި  ރަސްމީކޮށް ހުޅުވި މި ކްލިނިކަކީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކުރެވިގެން ހުޅުވި ކުލިނިކެކެވެ.

އެ ކްލިނިކު ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެކަމަނާ ވަނީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ފަރާތްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެފަދަ ފަރާތްތައް އިތުރުވުމަކީ  އުފާކުރައްވާ ކުރިއެރުމެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ކްލިނިކު އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން ކުލިނިކުގެ ވެބްސައިޓުވެސް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ކްލިނިކުގައި ފަރުވާދިނުމަށް ޤާއިމުކޮށްފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: