ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ޖަމީލަށް ފިޔަވަޅު އަޅައި އެޑުވައިޒަރު ކަމުގެ މަގާމުން ވަކިކުރުމަށް ހުށަހަޅައިފި

ޑރ ޖަމީލް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަރިހުގައި:ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމްގެ އެޑްވައިޒަރަކަށް ހުންނަވި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކޮށްދެއްވައި ޑރ ޖަމީލްގެ ސުލޫކީ މައްސަލައެއް ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ހުށަހަޅައިފިއެވެ.

ޑރ ޖަމީލްގެ ސުލޫކީ މައްސަލައެއް ޖޭޕީގެ ކައުންސިލަށް ހުށަހެޅީ އިދިކޮޅު ދެ ޕާޓީކަމަށްވާ ޕީޕީއެމްއާއި ޕީއެންސީއާއި އެކު ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކާއި ގުޅިގެންނެވެ. 

ޖުމްހޫރީޕާޓީގެލީޑަރ ގާސިމް އިބްރާހިމްއަށްއެ ޑްރެސް ކުރައްވައި ޕާޓީގެ ކައުންސިލްމެމްބަރު މުހައްމަދުސައީދު ފޮނުއްވިސިޓީގައި ވިދާޅުވެފައިވަނީ ޑރ. ޖަމީލްގެ އަމަލުތަކަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 66 ވަނަ މާއްދާގެ ށ، ނ، އަދި ރ އާއި ޚިލާފު އަމަލުތަކަށް ވާތީ އެމައްސަލަ ބަލައި އެޑްވައިޒަރުގެ މަގާމުން ވަކިކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ސިޓީ

ޑރ. ޖަމީލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އދ. އަތޮޅަށް ޕީޕީއެމުން ކުރެއްވި ކެމްޕޭނު ދަތުރެއްގައި ބައިވެރިވެފައެވެ. އަދި ކެމްޕޭނު ޖަލްސާއެއްގައި ޕީޕީއެމް ވެރިކަމަށް އަންނަ ޖެހޭ ކަމަށް ވިދާޅުވެ ކައުންސިލް އިންތިޚާބަކީ ސަރުކާރަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފައެވެ.

ޖަމީލް ވަނީ އޭނާގެ ފިކުރަކީ އެމްޑީޕީ ފިކުރާއި ދެކޮޅު ފިކުރު ކަމަށާއި ކައިރި ވަނީ ޕީޕީއެމް ފިކުރަށް ކަމަށާއި އެޕާޓީ އަލުން ވަރުގަދަ ކުރުމަށް އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: