ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ ފިއުލް ފާމުގެ ތާނގީތައް ނިންމައި ނުނިމި ބަކީ ހުރި މަސައްކަތްތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްގީކުރާ ފިއުލްފާމްގެ ތާނގީތައް ހަދާ ނިމި މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ނިންމާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފިއުލް ފާމުގައި ހިމެނޭ ތާނގީތަކުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ފިއުލް ޖެޓީ ހެދުމާއި، ފަޔާ ފައިޓިން ޕްލެޓްފޯމުގެ ޕައިލިން މަަސައްކަތްތަކާއި، ވޯކިން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީގެ އިތުރުން މެއިންޓަނަންސް ވޯކްޝޮޕާއި ފިއުލް ފާމް އޮފީހުގެ މަސައްކަތުގެ ބިންގާ ވެސް މިހާރު ވަނީ އަޅާފައެވެ.

ވީއައިއޭގައި އަޅާ ފިއުލް ފާމްގެ ޓޭންކުތައް. ފޮޓޯ:އެމްއޭސީއެލް

މިދިޔަ އަހަރު އޭޕްރިލް މަހު ތަރައްޤީ ކުރަންފެށި ފިއުލް ފާމް އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ޒައާމަތުގައި ފެއްޓެވި ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

މި ފިއުލް ފާމްގެ ސަބަބުން ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން މިހާރަށް ވުރެ ތިން ގުނަ އިތުރު ވެގެންދާނެއެވެ. މި ފިއުލް ފާމްވެގެން ދާނީ މިހާރު އެއާޕޯޓްގައި ހުރި ފިއުލްފާމަށްވުރެ ތިން ގުނަ ބޮޑު ފާމަކަށެވެ.

މިހާރު އެއާޕޯޓްގައި ހުރި މުޅި ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15000 ޓަނު ނަމަވެސް އަލަށް އަޅާ ފިއުލްފާމްއަކީ 45000 މެޓްރިކް ޓަންގެ ކެޕޭސިޓީގެ  ފާމެއްކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

އެމް އޭސީއެލްއިން ބުނީ އައު ފިއުލްފާމްގައި ތިން ޓޭންކް އަޅާފައި ވީނަމަވެސް ކުރިމަގުގައި އަދި އިތުރު ދެ ޓޭންކް އެޅިގެންދާނެ ކަމަށެވެ.

373 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީ ކުރާ މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: